ހުުޅުމާލޭގައި އިންޑިޔާއިން ގާއިމްކުރާ ކެންސަރ ހޮސްޕިޓަލްގެ މަސައްކަތް އަވަސްކުރަނީ

14 Dec 2019 | 12:58

އިންޑިޔާ ސަރުކާރުގެ ފަރާތުން ހުޅުމާލޭގައި ގާއިމްކުރާ އެންމެ ފަހުގެ ޒަމާނީ ފެންވަރުގެ ކެންސަރ ހޮސްޕިޓަލްގެ މަސައްކަތްތައް އަަވަސްކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ދެގައުމުގެ ސަރުކާރުގެ މެދުގައި އިއްޔެ ބޭއްވުނު ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމަށްފަހު ދެގައުމުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި ސިއްހީ ދާއިރާއަކީ ދެގައުމުގެ ގުޅުންތަކުގައި ހިމެނޭ މުހިންމު ބައެކެވެ. މި ބައްދަލުވުމުގައި ދެގައުމުންެވެސް ވަނީ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަަވަސްކުރުމަށް ނިންމާފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ އިންޑިޔާގެ ނަރުހުން ރާާއްޖޭގެ ސިއްހީ ދާއިރާގައި އަދާ ކުރާ މުހިންމު ދައުރު ފާހަގަކޮށްފައެވެ. އިންޑިޔާއިން މި ބައްދަލުވުމުގައި ވަނީ އައިޖީއެމްއެޗްގެ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.

މީގެ އިތުރުން ދެފަރާތުންވެސް ވަނީ އިންޑިޔާއިން ދުއްވާ ހެލިކޮޕްޓަރތަކުން މިހާތަނަށް 240އެއްހާ ފަރާތެއް ސަލާމަތް ކުރެވިފައިވާާކަން ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ އިންޑިޔާގެ "ނެއިބަރހޫޑް ފަސްޓް" ޕޮލިސީއާއި ރާއްޖޭގެ "އިންޑިޔާ ފަސްޓް" ޕޮލިސީ ފާާހަގަކޮށް، އެ ސިޔާސަތުތަކުގެ ސަބަބުން އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިވަމުންދާކަން ފާހަގަކޮށްފައެވެ. ދެން ބާއްވާ ޖޮއިންޓް ކޮމިޝަން ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.

ދެގައުމުގެ ޚާރިޖީ ވަޒީރުން އިސްކޮށްތިބެ މިއަދު ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން، ބާއްވާފައިވާއިރު މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއިވެސް ބައްދަލުކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement