15 Dec 2019 | 13:18
ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ނިރުބަވެރި ޖަމާއަތްތަކާާއި ގުޅުން އޮތްކަމަށްބުނެ ދައުވާ އުފުލާފައިވާ ޏ. ފުވައްމުލަކު ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ދައުލަތުގެ އެދުމުގެ މަތިން ކޯޓުން މިގޮތަށް ނިންމާފައިވަނީ މިއަދެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީ ގޮތުން ހަރަކާާތްތެރިވެ، އެކަަމަށް އެހީތެރިވެ ވާގިވެރިވެދީ ހެދުން ފަދަ ކަންކަމުގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާާފައެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި އަމީނަކީ ޓެރަރިސްޓެއްގެ ގޮތުގައި އެމެރިކާއިން ފާހަގަކޮށް، އޭނާގެ މައްޗަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާރޓްމެންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލުން ބުނިިގޮތުގައި އަމީނަކީ އައިއެސް-ކޭ ނުވަތަ އައިއެސް ޚުރާސަން ނުވަަތަ އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހަރަކާތްތެެރިވަމުންދާ އައިއެސް ޖަމާއަތުގެ ގޮތްޕަށް މީހުން ރެކްރޫޓް ކޮށްދޭ މީހެކެވެ. އަމީން ވަނީ 700 ޑޮލަރުގެ މުސާރައެއް ލިބޭގޮތަށް އެ ޖަމާއަތުގެ ޑިޖިޓަލް މީޑިޔާ ގޮފީގައި އުޅޭ ދިވެއްސަކަށް އަފްޣާނިސްތާނަށް ދިއުމަށް އެދިފައިކަމަށް އެމެރިކާއިން އާންމުކުރި މައުލޫމާތުގައި ވެއެވެ.

އެއީ އެ ޖަމާއަތުގެ މީޑިޔާ ގްރޫޕުން ބޭނުންވެގެން އަމީނަށް ލިޔުންތަކެއް ތަރުޖަމާކޮށްދިނުމަށްކަމަށް ބުނެއެވެ.

އެމެރިކާއިން ބުނިގޮތުގައި އަމީންއަކީ އޭނާގެ ކައިރި މީހުންނާއި ގުޅިގެން އައިއެސް ޖަމާއަތަށް މީހުން ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެގޮތުން އަމީންގެ ދަށުން ހަރަކާތްތެރިވާ ފަރާތްތަކުން ހަފްތާއަކު ގާތްގަނޑަކަށް ދިހަ ރެކްރޫޓްމެންޓް ސެޝަންތައް ދީނީ ކްލާސްތަކުގެ ނަމުގައި މާލޭގައި ބާއްވަމުންދިޔަ ކަމަށްވެއެވެ. މީގެން ބައެއް ގަޑިތައް އަމީންގެ ގޭގައިވެސް ނެގިކަމަށް ވަނީ ފާހަަގަކޮށްފައެވެ.

އަމީންއާއި އޭނާގެ ގްރޫޕުން ރާއްޖޭގެ ގޭންގްތަކުގެ ތެރެއިން އައިއެސްއަށް މީހުން ނަގަމުންދާކަމަށް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިން މި ފަރާތްތައް ސީރިޔާއަށް ފޮނުވިކަމުގައިވިޔަސް، މިހާރު ފޮނުވަނީ އަފްޣާނިސްތާނަށްކަމަށް ވަނީ ބުނެފައެވެ.

މުހައްމަދު އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މި މައްސަލައިގައި އޭނާ ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ލަންކާއަށް ގޮސްފައެވެ. އޭނާ ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސެއް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ 2011ވަނަ އަހަރުގައެވެ.

ލަންކާއިން އަމީން ހައްޔަރުކޮށް މާލެ ގެނައުމަށްފަހު އޭނާ ދެ މަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ. ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
24 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް؛ ލައިސެންސް ނެތް ޒުވާނާ ހައްޔަރުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ލައިސެންސް ނެތި ސައިކަލު ދުއްވި ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
24 Sep 2026
ބްރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި ބަހައްޓާފައިހުރި ސައިކަލެއްގައި، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި