07 Feb 2021 | 15:18
އާރާ 6

"މީގެ ފަހުން އިރުއޮށްސޭ ގަޑީގައި އަބަދުވެސް ގޭގައި ހުންނާތި. ބައްޕަ މިހެން މިބުނީ ދަރިފުޅަށް ރަނގަޅަކަށް. އެގަޑިއަކީ ބޭރުގައި އުޅެން އެހާ ރަނގަޅު ގަޑި އެއްނޫން." ވަހީދު އާރާއަށް ޝައްކުނުވާނެ ގޮތަށް ވާހަކަދެއްކޭތޯ ބެލިއެވެ. މުދިންބެ ބުނެފައި އޮތީ އިރުއޮއްސޭ ގަޑީގައި އާރާ ގެއިން ބޭރަށް ނުކުތަނުދިނުމަށެވެ. އާރާގެ ފުރާނަޔަށް ގެއްލުމެއް ވެދާނެތީއެވެ.

ވަހީދު ކިތަންމެ އޮޅުވާލަން އުޅުނު ނަމަވެސް އާރާ އަށް ކަންތައްގަނޑެއް ހިނަގާކަން ކަށަވަރުވިއެވެ. ސުވާލު ކުރަން އާރާ އަށް ނުކެރުނު ނަމަވެސް ހަޤީގަތަކީ ކޮބައިކަން ހޯދަން އޭނާވެސް ބޭނުން ވިއެވެ. "ދަރިފުޅު ދެން ދޭ ނިދަން، އެހާ ލަސްވަނދެން ހޭލާ ހުންނާކަށް ނުވާނެ" ހުސްނާ މިހެން ބުނުމުން އާރާ ތެދުވެގެން ގޮސް ގެއަށް ވެނެވެ. އާރާ ގޭގެ ދޮރު ލެއްޕުމަށްފަހު ދޮރުކައިރީ މަޑުކޮށްލިއެވެ. އާރާ އަށް ޔަގީންވީ އާރާ ދިއުމުން މަންމަ އާއި ބައްޕަ މިވާ ކަންކަމުގެ ވާހަކަ ދައްކާނެ ކަމަށެވެ. އާރާ ވަރަށް ކަނުލާ އަޑުއަހަން ހުއްޓެވެ. އާރާ ދިއުމުން ވަހީދުވެސް އައިސް ޖޯލިފަތީގައި އިށީނެވެ. ހުސްނާމެން ތިބި ޖޯލިފަތި ހުންނަނީ ގޭގެ ފާރުގައި ޖައްސާފައެވެ. އެހެން ކަމުން އެމީހުން ދެއްކި ވާހަކަތަށް އާރާއަށް ވަރަށް ސާފުކޮށް އަޑުއިވުނެވެ.

ހުސްނާ ފުރަތަމަވެސް ވަހީދާއި ސުވާލުކުރިއެވެ. "ވަހީދު އެގަޑީ ނުކުމެންގޮސް ކޮންތާކަށް ދިޔައީ؟ މަގޭ ދަރިފުޅު ސަލާމަތް ވާނެތަ؟". ވަހީދު އިސްދަށަށް ޖަހައިގެން ހުރެ މާޔޫސް ކަމާއެކު ވާހަކަ ދެއްކިއެވެ. " އަހަރެން ދިޔައީ މުދިންބެގެ ގެއަށް. މުދިންބެ ބުނި އާރާ ސަލާމަށް ކުރަން އެހާ ފަސޭހައެއް ނުވާނެއޭ. ކިޔަވާފަ ދިން ފުޅިއެއް މިގޭގައި ވަޅު ލައިފިން. އެ އޮތިއްޔާ އާރާއަށް އޭތީގެ އުނދަގޫ ނުފޯރާނެއޭ މުދިންބެ ބުނި. އަހަރެންގެ ހިތް ބުނަނީ މިކަމުން މިންޖުވެވެން ނެތޭ. އާރާ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން." ވަހީދުގެ ލޯ ފެންކަޅިވިއެވެ. ހުސްނާގެ ވެސް ހާލަކީ ހަމައެއީއެވެ.

ދޮރު ފަހަތުގައި އަޑުއަހަން ހުރި އާރާ ހުރީ މުޅިން ބިރުގަނެފައެވެ. އޭނާގެ ހިތުގައި އެތަކެއް ސުވާލު ތަކެއް އުފެދުނެވެ. މި އާދަޔާ ޚިލާފު ކަންތައްގަނޑަކީ އަލަށް ވެގެން އުޅޭ ކަމެއް ނޫންކަން އާރާއަށް ކަށަވަރުވިއެވެ. ނަމަވެސް އޭނައަށް އެފަދަ ކަމަކާއި ކުރިމަތިވި ކަމުގެ ދުރު ހަނދާނެއްވެސް ނުވެއެވެ. އާރާ އޭނާގެ މައިންބަފައިންނާއި އެތަކެއް ސުވާލެއް ކުރަން ބޭނުން ވިއެވެ. ހަމަ އެވަގުތު އޭނާއަށް ކޮޓަރިން ވި ކަންތައްވެސް ހަނދާނަށް އައެވެ. އެ މީހަކުގެ އަޑުގައި ހުރި ހިތާމަވެރިކަމާއި އޯގާތެރި ކަމެވެ. އާރާހުރީ ބޮޑު އޮޅުމެއްގެ ތެރޭގައެވެ. ހުސްނާއާއި ވަހީދު ތެދުވެގެން އަންނަކަން ހީވުމުން އާރާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

އެރޭ ނިދަން އޮވެ ހަމަ އެއްގޮތަކަށް ވެސް އާރާ އަކަށް ނިދޭ ގޮތެއް ނުވިއެވެ. ވަމުންދާ ކަންކަމާއި ދޭތެރޭގައި ހަމަ ވިސްނެނީއެވެ. އާރާ ފުން ނޭވާއެއް ލަމުން އެދުން ތެދުވިއެވެ. އާރާގެ މިސްރާބު ހުރީ ގޭގެ ބެލްކަންޏާއި ދިމާލަށެވެ. އެތަނަށް ނުކުމެ އާރާ މަޑުކޮށްލިއެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުގައި އާރާ ހުރިއިރު އޭނާ ވިސްނަމުން އައި ކަންތައްވެސް މުޅިން ހަނދާން ނެތުނު ކަހަލަ އެވެ. އާރާގެ ޖާދުވީ އަޑުން ލޯބީގެ ލަވަތަށް ކިޔަމުން ގެންދިޔައެވެ. އަތުން އޭނާގެ ދިގު އިސްތަށިގަނޑާއި ކުޅެމުން ނުވެ. އާރާގެ ނުތަނަވަސް ވެފައިވާ ހިތަށް ހަމަޖެހިލުމެއް ލިބެން ނެތް ކަހަލައެވެ. އާރާގެ ލޮލުގައި އަޅައިގަތީ ގޭގެ ފާރަށް އެޅިފައިވާ ހިޔަންޏެކެވެ. އެ ހިޔަނީގައި ވަނީ އިންސާނެއްގެ ސިފައެވެ.

އާރާ ބަލަން ހުއްޓައި އެ ހިޔަނި މަޑުމަޑުން ކުރިއަށް ޖެހެމުން ޖެހެމުން ގޮސް ގެއްލުނެވެ. އާރާ އަށް ހުރެވުނު ތަންވެސް ނޭންގުނެވެ. ބިރުންގޮސް ތުރުތުރު އަޅައިގަތެވެ. އެވަގުތު މީހަކު ބިރުވެރި ބާރު އަޑަކުން " އަހަރެން އާރާ ބަލާ އަންނާނަން" މިހެން ބުންޏެވެ. އާރާ ކަންފަތް މަތީ އަތްއަޅާ ބާރުކޮށްލިއެވެ. އެ އަޑުފަށްގަނޑުގެ ބާރުކަމުން ނެވެ. އާރާ އިތުރަށް ހައިރާންވީ އެއަޑު އައުމާއެކު އޭނާގެ މައިންބަފައިން ގޭގެ ގޯތިތެރެއަށް ނުކުތުމުން ނެވެ. އެ އަޑު އެ އިވުނީ މިފަހަރު އާރާ އަށް އެކަންޏެއް ނޫނެވެ. "އަހަރެންގެ ދަރި ގެންދިޔަކަ ނުދޭނަން" ރޮމުން ހުސްނާ ހަޅޭއް ލަވައިގަތެވެ. މި މަންޒަރުތަށް ބަލަން އާރާ ހުރިކަން އެމީހުނަކަށް ނޭނގެއެވެ.

ވަހީދު މަސައްކަތް ކުރަމުން ދިޔައީ ހުސްނާ ގޮވައިގެން ގޭތެރެއަށް ވަދެވޭތޯއެވެ. ނަމަވެސް ހުސްނާ ހުރީ އެ އަޑުއައި ފަރާތަކާއި ވާހަކަދައްކަން ބޭނުން ވެފައެވެ. ހުސްނާގެ ލަޅޭކުގެ އަޑަށް އެ ފަރާތަކުންވެސް ޖަވާބު ދިނެވެ. "އާރާ އެއީ ކަލޭމެންގެ ދަރިއެއް ނޫން. އެއީ އަހަރެންގެ ހައްޤެއް. ކަލޭމެން އިންސާނުން ބޭނުންހައި ކަމެއް ނުކުރެވޭނެ. ތިތާ ތިއޮތްފުޅި އަކުން ކަލޭމެނަކަށް އަހަރެން ދެން ނުހިފޭޓޭނެ." އެ އަޑުފަށްގަނޑު ކުރިއަށް ވުރެވެސް ބާރުވިއެވެ. އާރާ ކައިރީ ވާހަކަ ދެއްކި އިރު ހުރި މަޑުމައިތިރިކާމާއި ހިތާމަވެރި ކަމުގެ ބަދަލުގައި މިހާރު އެ އަޑުގައިވަނީ ބިރުވެރިކަމާއި ރުޅިވެރިކަމެވެ.

ހުސްނާ އާއި ވަހީދު ބަލަބަލައި ހުއްޓައި ވަހީދު ވަޅުލި ފުޅި ވެލިގަނޑުގެ ތެރެއިން ނުކުމެ މައްޗަށް އެރިއެވެ. އަދި ފެލިކުލަިއގެ އަލިކޮޅަކާއެކު އެ ފުޅި ތަޅައިގެން ދިޔައެވެ. ވަހީދު އާއި ހުސްނާއަށް ލިބުނު ސިހުމާއެކު ހުރި ތަނަށް ތިރިވެވުނެވެ. އެވަގުތު ފެހި ވިދުވަރާއެކު ކަޅު ދޫންޏެއް އައިސް ގޭގެ މަތީ ވަށާ އެނބުރެން ފެށިއެވެ. އާރާ އާއި އޭނަގެ މައިންބަފައިންވެސް ބޭއިޙްތިޔާރުގައި އެ ދޫންޏަށް ބަލަން ތިބެވުނީ އެވެ. ތިން މީހުން ވެސް ތިބީ ބިރުން ގުޑިލަން ނޭނގުނުތާންގައި ހަދާނެގޮތް ވެސް ހުސްވެފައެވެ. ގޭގެ މަތީގައި ތިން ބުރު ޖެހުމަށް އެ ދޫނި އުދުހިގަތީ އާރާ އާއި ދިމާއަށެވެ. އާރާއަށް ފަހަތަށް ޖެހެވުނެވެ.

ނުނިމޭ

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.