07 Jan 2020 | 12:36
އިރާނުގެ ޚާރިޖީ ވަޒީރަށް އދ.ގެ ބައްދަލުވުމަކަށް ހާޒިރުވުމަށް ވިސާ ދޫކުރުމަށް އެމެރިކާއިން ދެކޮޅުހަދައިފި

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އިރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފްއަށް ވިސާ ދޫނުކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

މިކަން ވަނީ އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަފްތާގެ ބުރާސްފަތި ދުވަހުގައި އޮތް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ހާާޒިރުވުމަށްޓަކައި ޖަވާދު ޒާރިފް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުވަނީ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ރޭވިފައެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އދ.ގެ ޗާޓަރ ނެގެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.

1947ވަނަ އަހަރު ގާއިމްކުރެވުނު އދ.ގެ ހެޑްކުއާޓާޒް އެއްބަސްވުމުގައިވާ ގޮތުގައި އދ.ގެ ބައްދަލުވުންތަކަށް ހާޒިރުވުމަށްޓަކައި އެމެރިކާއިން ބޭރުގެ ޑިޕްލޮމެޓުންނަށް ވިސާ ފޯރުކޮށްދެންޖެހެއެވެ. ނަމަވެސް ގައުމުގެ ސަލާމަތް ފަދަ ކަންކަމަށްޓަކައި އެ ވިސާ ދޫނުކޮށް ހިފެހެއްޓުމުގެ ހައްގު އެގައުމަށް ލިިބިގެންވެއެވެ.

އިރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒާރިފްގެ ވިސާ ދޫނުކުރުމަށް އެމެރިކާއިން ނިންމި ދަނޑިވަޅަކީ އިރާންގެ ގުދުސް ފޯސްގެ ކޮމާންޑަރ ގާސިމް ސުލައިމާނީގެ މަރާއި އެކު ދެގައުމުގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.
05 Jul 2026
ޖަންނަތުގެ އާ ޓްރެއިލާ، ފަނޑިޔާރު މަނިކުފާނުގެ ނިޔާ ޝަރަފާ އެއްކޮޅަށް؟
ޑާކްރެއިނުން މިއަދު ވަނީ ޖަންނަތުގެ ދެވަނަ ޓްރެއިލާ ނެރެފައެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ޝަރީއަތުގެ މަޖިލީހެކެވެ
05 Jul 2026
ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ތިން ރައީސުންގެ ދެވަނަ ބައްދަލްވުމަކަށް އެެޖެންޑާކުރި ނަމަވެސް އެ ބައްދަލްވުން ބޭއްވިފައެއް ނުވެ އެވެ.
05 Jul 2026
ބިންހެލުން އަންނާނޭ ތަނެއް ކުރިއަލާ ނޭނގޭނެ: މެޓް
ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައަޅަން އެނގުނު ނަމަވެސް، ބިންހެލުން އަންނާނޭ ސީދާ ވަގުތެއް ތާރީހެއް ނުވަތަ އަންނާނޭ ސީދާ ތަނެއް ދެނެގަނެވޭނެ ހޯދުމެއް އަދި ނެތް
05 Jul 2026
ތިނަދޫ ކައުންސިލް ރައީސް ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢުގެ ގޮނޑި ގެއްލުވައިލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.
05 Jul 2026
އިލެކްޝަންސްގެ 2024 ހަރަދުތައް ކޮށްފައިހުރީ ރަނގަޅަށް: އޮޑިޓް
އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2024 ވަނަ އަހަރު ކޮށްފައިވާ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
05 Jul 2026
އެލައިޑް މެރިން ހަލް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސްގެ "މެރިން ހަލް" އިންޝުއަރެންސް އަކީ ކަނޑު ދަތުރުފަތުރުގެ މަސައްކަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އޮނނިގަނޑަށާއި (ހަލްއަށާއި)، އިންޖީނަށާއި، މެޝިނަރީ އަދި އުޅަނދުގައި ހުންނަ އެހެނިހެން ސާމާނުތަކަށް ލިބޭ ގެއްލުންތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން "ސްމާޓް ކޯޓް" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
05 Jul 2026
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަނަކާ ގާތަށް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެކުންފުންޏަށް ލިބެންޖެގޭ ފައިސާގެ އަދަދު 10.5 މިލިއަން ޑޮލަރަށް އަރައެވެ