މަންޓާއިން ދެ ދިވެހިންނަށް ސްކައިޑައިވް ކުރުމުގެ ފުރުސަތުދެނީ

13 Jan 2020 | 13:27

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ސިނާއަތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޓާ އެއާއިން ދެ ދިވެހިންނަށް ސްކައިޑައިވްކުރުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

މި ފުރުސަތު އެ އެއާލައިނުން ދިނުމަށް ހަމަޖެހިފައިވަނީ ފޭސްބުކް ޕްރޮމޯޝަނެއްގެ ދަށުންނެވެ. މަންޓާއިން މައުލޫމާތު ދޭގޮތުގައި ނަސީބުން ހޮވޭ އެއް ފަރާތަށާއި އިތުރު ފަރާތަކަށް ދެ ސްކައިޑައިވްއާއި، އެ އެއަރލައިންގެ ފަރާތުން ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ.

ސްކައި ގައިޒް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މަންޓާ އެއާ އަދި ސްކައި ގައިޒްގެ ފޭސްބުކް ޕޭޖަށް ލައިކްދިނުމަށްފަހު، އެކުގައި ސްކައި ޑައިވިންގ ކުރަން ބޭނުންވާ ފަރާތެއް ޚާއްސަ ޕޯސްޓެއްގައި ޓެގްކުރަންޖެހެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 13ވަނަ ދުވަހުން 30ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެން ހޮވޭ ދެ ފަރާތަކަށް އަންނަ މަހު ގއ.ކޫއްޑޫގައި އޮންނަ ސްކައިޑައިވް މޯލްޑިވްސް ހަަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހަރަކާތުގައި ދުނިޔޭގެ 20ގައުމަކުން 300އަށްވުރެ ގިނަ ސްކައިޑައިވަރުން ބައިވެރިވާާނެއެވެ.

މި ޕްރޮމޯޝަނުން މޮޅުވާ ފަރާތާއި ބައިވެރިޔާ ކުރާނީ ޓަންޑެމް ސްކައިޑައިވިންގއެވެ. މީގައި ފުންމާލާނީ އިންސްޓްރަކްޓަރަކާއި އެކުގައި، ދެ މީހުންނަށް ޚާއްސަ ވައިކުޑައަކާއި އެކުގައެވެ.

Advertisement

ކޮމެންޓް

Advertisement