14 Jan 2020 | 21:37
ދިއްދޫގެ ފްލެޓްތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ލަތީފް ދޮގުކުރައްވައިފި

ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހއ.ދިއްދޫގައި ސަރުކާރުން ބިނާކޮށްފައިވާ ފްލެޓްތަަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް އެ ރަށުގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ދޮގުކުރައްވައިފިއެވެ.

މި ވާާހަކަތައް ލަތީފް ދޮގުކުރެއްވީ ކުރެއްވި ޓްވީޓްތަކެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ދިއްދޫގައި އަޅާފައިވާ 250ހައުސިންގ ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ ކުރީގެ ރައީސް ޑރ.ވަހީދުގެ ސަރުކާރުގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ. އަދި އެ ފްލެޓްތަކުގެ މަސައްކަތްތައްކޮށް ނިމުނީ ރައީސް ޔާމީންގެ ސަރުކާރުގައިކަމަށް ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން އެތަންތަން ބިނާކޮށް ނިންމުމަށްފަހު ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ކަރަންޓް ލިބޭނެ ގޮތް ހަދާފައިވަނީ ނިިމިދިޔަ ސަރުކާރުގައިކަމަށް ކުރީގެ މެންބަރު ލަތީފް ވިދާޅުވިއެވެ. އަދި ބައެއް ޔުނިޓްތައް އޭގެ ހައްގުވެރި ފަރާތްތަކަށް ދޫކޮށްފައިވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ. 

ލަތީފް ވަނީ އެކަމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭ ދިއްދޫގައި އޮތް އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ އެ ފްލެޓްތައް ބިނާކޮށްފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ތެރެއިން 135 ފްލެޓް ދިއްދޫ ރައްޔިތުންނަށް ދީފައިވާއިރު، ބާކީ ހުރި ފްލެޓްތައް މިދިޔަ 12 އަހަރުގައި ހުރީ ފަޅަށްކަމަށްވެސް ވިދާޅުވިއެވެ.

އަދި މި ސަރުކާރަށް މިހާރު ވަނީ އެ ފްލެޓްތައް މަރާމާތުކުރަން ޖެހިފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.
22 Sep 2026
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ
22 Sep 2026
އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ
ރާއްޖޭގައި ހުރުމުގެ ސައްހަ ވިސާ އޮތްއިރުވެސް، އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް، އޭނާއަށް ނޭނގޭ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި އިމިގްރޭޝަނުން މަޖުބޫރުން ސޮއިކުރުވިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ބަޔާނުގައި ސޮއިކުރުވީ ތަރުޖަމާނެއްގެ އެހީތެރިކަމެއް ނެތި، އޭނާގެ ސްޕޮންސަރަށް އެންގުމެއް ނެތި ކަމަށް އޭނާ ކޯޓަށްދިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.