ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އަނެއްކާވެސް އިންޓަރނޭޝަނަލް ކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

15 Jan 2020 | 22:36

މިހާރުވެސް އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގަމުންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް، އިންޓަރނޭޝަނަލް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާާނު މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މިއަދު އޮތް ތިލަދުންމަތި އިރުވައި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ ތިލަދުންމައްޗަކީ މުއްސަނދި އަތޮޅަކަށް ވީހިނދު، އޭގެ ނަފާ އެންމެ ހެޔޮގޮތުގައި ހޯދުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މިގޮތުން ފުރަތަމަ ކަމަކަށް ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހަނިމާދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުންކަމަށް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓަށް މާބޮޑު އަސަރެއް ނުކުރާނެ ގޮތަކަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިހު ވަނީ އެކަމަށް ބޭނުންވާ ފައިސާ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތުންވެސް ހޯދާނެކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަނިމާދޫ އެއަރޕޯޓަކީ 2013 ވަނަ އަހަރުގައި އިންޓަރނޭޝަލް އެއާޕޯޓެއްކަމަށް ކަނޑައެޅިފައިވާ ތަނެކެވެ.

Advertisement

ކޮމެންޓް

Advertisement