19 Jan 2020 | 14:29
ފުލުހަކު އަންހެނަކަށް ހަމަލާދިންކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަނީ

މިދިޔަ ހުކުރު ދުވަހު ހަވީރު، ހުޅުމާލޭގައި ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ކުރި މުޒާހަރާގައި ފުލުހަކު އަންހެނަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި މުޒާހަރާކޮށްފައިވަނީ، ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ބުނާ، އެކުއްޖާގެ ބައްޕަ ދިރިއުޅުނު 108 ނަމްބަރު ފުލެޓް ކައިރީގައެވެ.

އެސަރަހައްދަށް ގިނަ ބަޔަކު އެއްވެކުރި މުޒާހަރާކޮށްފައިވަނީ ތުއްތު ކުއްޖާގެ ބައްޕަ ފިލައިގެން އެ ފުލެޓްގަި ދިރިއުޅޭތީ، އޭނާ އެތަނުން ނެރުމަށެވެ. ނަމަވެސް މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރި މަސައްކަތުގައި 17 ފުލުހަކަށް ބޮޑތި އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. އަދި 27 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ދެކުއްޖަކާއި އަންހެނަކުވެސް ހިމެނޭ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ. ނަމަވެސް ހައްޔަރުގައި މިހާރު ތިބީ 19 މީހުން ކަމަށް ވެސް ބުންޏެވެ.

މުޒާހަރާގެ ތެރެއިން ފުލުހަކު އަންހެނަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހަކު އަންހެނެއްގެ ގައިގައި ޖެހި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެމައްސަލައިގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްގެ ޓީމެއް އަންހެން މީހާ އާއި އޭނާގެ އާއިލާއާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެކަމުގެ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.