އިސްލާމިކް ބޭންކުން އާ ކަސްޓަމަރ ސާރވިސް ސެންޓަރެއް ހުޅުވައިފި

20 Jan 2020 | 15:54

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން މާލޭގަައި އާ ކަސްޓަމަރ ސާރވިސް ސެންޓަރެއް ހުޅުވައިފިއެވެ.

ބާޒާރު ސަރވިސް ސެންޓަރގެ ނަމުގައި މިތަން ހުޅުވާފައިވަނީ ފާމުދޭރިމަގުގައެވެ.

އެމްއައިބީން މައުލޫމާތުދޭ ގޮތުގައި މިތަނުން އެކައުންޓް ހުޅުވުމާއި، ފައިސާ ކާޑަށް އެޕްލައިކުރުމާއި، އިންޓަނެޓް ބޭންކިންގއަށް އެޕްލައިކުރުމާއި، ވިޔަފާރި ޙިދުމަތެއްގެ ގޮތުގައި އެ ބޭންކުން ފޯރުކޮށްދޭ އުޖާލާގެ ޙިދުމަތްވެސް ލިބުމުގެ ފުުރުސަތު އޮންނާނެއެވެ.

މި ވަގުތު މިތަނުގައި ޚިދުމަތް ދެމުންގެންދަނީ ތިން ކައުންޓަރުންނެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ކަސްޓަމަރ ސާރވިސް ސެންޓަރުގައި ގާއިމްކޮށްފައިވާ ކައުންޓަރތަކުގެ އަދަދު އިތުރުވާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ހުޅުވި ބާޒާރު ސަރވިސް ސެންޓަރ ހުޅުވާފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 14:30 އަށެވެ.

Advertisement

ކޮމެންޓް

Advertisement