24 Jan 2020 | 19:46
އެމްޑީޕީއަށް ލިބިފައި އޮތް ބާރު، ސިހުމެއްގެ ތެރެއިން ވަރަށް އަވަހަށް ނެތިގެންދާނެ: ސައީދު

އެމްޑީޕީއަށް މިހާރު ލިބިފައިވާ ބާރުތައް، ހީވެސް ނުކުރާފަދަ ގޮތަކަށް، ސިހުމެއްގެ ތެރެއިން ވަރަށް އަވަހަށް ނެތިގެންދާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެއްދުވަސްވަރެއްގައި އިނގިރޭސީންގެ ބާރުތައް ވެސް ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމަށް ގަބޫލު ނުކޮށް، ދުނިޔޭގެ އެކި ހިސާބުތަކުގައި އިނގިރޭސީންގެ ދިދަ ނަގައިގެން އެމީހުން އުޅުނު ކަމަށާއި ނަމަވެސް އިސާހިތަކު އެބައި މީހުންގެ ބާރުތައް ދުނިޔެއިން ނެތިގެން ދިޔަ ކަމަށެވެ.

ހަމަ އެ އުސޫލުގެ ދަށުން އެމްޑީޕީއަށް ލިބިފައިވާ ބާރުތައްވެސް އިސާހިތަކު ހިނގައިދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މިއަދު މުޅި ގައުމު އެދި ގޮވަނީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނާއި އެމީހުންނަށް ހިތްވަރުދޭ މީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރެއްވުމަށް ކަމަށެވެ. މުސްލިމު ކޮންމެ ދިވެހި މަޔަކާއި ކޮންމެ ފަރުދެއްގެ ދުއާ އަކީވެސް އެއީ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ފަހަކަށް އައިސް މިގައުމުގައި ދެރަ ކަމެއް ނުހިނގާ އެންމެ ދުވަހެއްވެސް ނުދެއެވެ. އަދި ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ، އެކަން ހިނގީ ކުރީގެ ސަރުކާރުގެ އިހުމާލުން ކަމަށް ބުނާ ބުނުމަކީ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.

އެގޮތުން މިމަހުގެ 15 ގައި ދެކުނުގެ ރަށެއްގައި ދެ އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރުމުންވެސް އެއީ ކުރީގެ ސަރުކާރުގެ އިހުމާލުން އަޅައިނުލައި ދޫކޮށްލުމުން ހިނގާދިޔަ ކަމެއްގެ ގޮތުގައި ރައީސް ސޯލިހު ވިދާޅުވުމަކީ ކަންބޮޑުވާން ޖެހޭފަދަ ކަމެއް ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ ސިފަޔަކީ ރަނގަޅު ކަމެއް ހިނގައިފިނަމަ އެކަން ސަރުކާރުން ކުރި ކަމަކަށް ހަދައި، ނުރަނގަޅު ކަމެއް ހިނގައިފިނަމަ އެއީ ކުރީގެ ސަރުކާރުގެ އިހުމާލުން ހިނގައި ދިޔަ ކަމެއްގެ ގޮތުގައި ސިފަކުރެއްވުން ކަމަށެވެ.

'' ރއީސް ސޯލިހުގެ އެންމެ ރަނގަޅު އެއްސިފަޔަކީ ގޯސްކޮށް ކަމެއް ވެއްޖެނަމަ ކުރީގެ ސަރުކާރު، ރަގަޅު ކަމެއްވެއްޖެނަމަ އެމަނިކުފާނު. ރައީސް ޔާމީންގެ ސަރުކާރުން ރަށެއްގައި ހިންގާ މަޝްރޫއުއެއްގެ ކިތަންމެ ކުޑަ މިންވަރެއް ރައީސް ސޯލިހުގެ ކަރުގައި ލައިފިނަމަ، އެއީ ދެން އެމަނިކުފާނު ކުރެއްވި ކަމެއް. މިއީ އެމަނިކުފާނުގެ ހަމަޔާއި އުސޫލަކީ. ތިމަންނަގެ ހުޝިޔާރުކަމާއި ތިމަންނަގެ މޮޅުކަމާއި ތިމަންނަގެ ކުޅަދާނަ ކަމުން ވީ ކަމެކޭ،'' ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ގައުމަށް މުސީބާތެއް ނުވަތަ ދެރަކަމެއް އަތުވެއްޖެނަމަ އެކަމެއް އަޅުވާނީ ކުރީގެ ރައީސުންގެ ބޮލުގައި ކަމަށެވެ. ސައީދު ވަނީ ރައްޔިތުން މިގައުމަށް ވެރިޔަކު ހޮވި ސަބަބަކީ އެއީތޯ ސުވާލު އުފައްދަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.