މައިޔޫސްގެ ޚިދުމަތްތައް ރެޑްބޮކްސް މެދުވެރިކޮށް ދިވެހިރާއްޖެއަށް!

07 Feb 2020 | 22:45

އިންޓަނޭޝަނަލް ޕްލެޓްފޯމެއް ކަމުގައިވާ މައިޔޫއެސްގައި ލިސްޓުކުރެވުނު ރާއްޖޭގެ ފުރަތަމަ ޑެލިވަރީ ބްރޭންޑަކަށް ރެޑްބޮކްސްވެއްޖެއެވެ.

އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ މައިޔޫއެސް ގައި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ތަކުގެ ލިސްޓަށް ރެޑްބޮކްސް ގެ ނަން ހިމެނުން ވެގެން ދާނީ ރާއްޖޭގެ ޑެލިވަރީ ޚިދުމަތްދޭ ބްރޭންޑެއް އިންޓަރނޭޝަނަލް އީކޮމާސް ޕްލެޓްފޯމެއްގައި ލިސްޓުކުރެވުނު ފުރަތަމަ ފަހަރުކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މައިޔޫއެސް އިން ޝިޕް ކުރާ މުދާ ރެޑްބޮކްސް ގެ ޑެލިވަރީ ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށްވެސް ޑެލިވަރީ ކޮށްދެއެވެ. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅުއްވާ ބޭފުޅުންނަށްވެސް ވަރަށްބޮޑެތި ފަސޭހަތައް ލިބިގެންދާނެކަމަށް ރެޑްބޮކްސްއިން ވަނީ ބުނެފައެވެ.

ރެޑްބޮކްސްގެ ސީ.އޯ.އޯ ހުސައިން ޝާހިދު ވިދާޅުވާ ގޮތުގައި، ރެޑްބޮކްސް އިކޮނޮމީ އަދި ރެޑްބޮކްސް ޕްރިއޮރިޓީ މެދުވެރިކޮށް 4 ދުވަހާ 7 ދުވަސް ތެރޭ އެމެރިކާއިން ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ވެސް ޑެލިވަރީ ކޮށްދިނުމަށް މައިޔޫއެސް އިން ނަގާ އަގުގައި ސީދާ ކަސްޓަމަރުގެ އަތަށް ލިބުމަކީ ވަރަށްބޮޑު ލުއިފަސޭހައެކެވެ.

މައިޔޫއެއްސް އާއި ރެޑްބޮކްސް އިން ވަނީ ދާދިފަހުން ތަފާތު އިތުރު ޚިދުމަތްތަކާއެކު ގޯޝޮޕް.އެމްވީ ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފައެވެ.  

Advertisement

ކޮމެންޓް

Advertisement