18 Feb 2020 | 18:21
ގާސިމް މަރާލިކަމަށް އިއުތިރާފްވީ މަސްތުގެ ހާލަތުގައި: އަދުހަމް

މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފްވީ މަސްތުގެ ހާލަތުގައިކަމަށް އެ މައްސަލައިގައި ދައުވާާ އުފުލިފައިވާާ އަދުހަމް މުހައްމަދު ބުނެފިއެވެ.

މި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލިސް ފައްޓަމުން މި މައްސަލަ ބައްލަވާާ ގާޒީ ވަނީ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އަދުހަމް އިއުތިރާފްވިކަން ޔަގީންކުރުމަށް އަނެއްކާވެސް ސުވާލު ކުރިމަތިކުރުވިއެވެ.

ނަމަވެސް އަދުހަމް ވަނީ ދައުވާއަށް އިންކާރުކޮށް، ގަސްދުގައި މީހަކު މަރާލާފައި ނުވާނެކަމަށް ބުނެފައެވެ. އަދި އެކަމަށް އިބްތިދާއީ އަޑުއެހުމުގައި އެއްބަސްވެފައިވަނީ މަސްތުގެ ހާާލަތުގައި ހުރެގެންކަމަށް އޭނާ ބުންޏެވެ. އެގޮތުން ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު، ތަހުގީގުގެ މަރުހަލާގައިވެސް ބެހެއްޓީ މަސްތުގެ ހާލަތުގައިކަމަށް ވަނީ ބުނެފައެވެ.

"24 ގަޑިއިރު އަޅުގަނޑު ބައިދަނީ މަސްތުގެ ޙާލަތުގަ. ފުލުހުންގެ ޚަރަދުގައި ވެސް މަސްތުވާއެއްޗެހި ގަނެދީފަ އަޅުގަނޑަށް ބޯންދިން. މި ކޯޓުގައި ބޭއްވި ޝަރީޢަތުގައިވެސް އަޅުގަނޑަށް އެކަމަށް އެއްބަސް ވެވުނީ މަސްތުގެ ޙާލަތުގައި ހުރެ"، އަދުހަމް ބުންޏެވެ.

މީގެ އިތުރުން އަދުހަމް ބުނީ އޭނާއަށް ހޭވެރިކަން އައީ މީގެ ހަތަރު ދުވަސްކުރިން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންދިއުމުންނެވެ. ނަމަވެސް ފާާހަގަކޮށްލެވޭ ގޮތުގައި އަދުހަމް ވަނީ މި މައްސަލައާއި ގުޅިގެން އިއުތިރާފުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. ނަމަވެސް އޭނާ ދައުވާއަށް އިންކާރުކުރުމުން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.