ހަބަރު
23 Feb 2020 | 14:35
ވޮއިސްއާއި ކެބްއެމްވީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއްކަމުގައިވާ ކެބްއެމްވީއާއި "ވޮއިސް" ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އެލްހައުސް ކެފޭގައި ކުރިއަށްގެންދިޔަ ހަފްލާާއެއްގައި މި ނޫހާއި ކެބްއެމްވީއާއި ދެމެދުގައި ވަނީ އެ ސެންޓަރާއި ގުޅޭ މުހިންމު ޚަބަރުތައް ގެނެސްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވޮއިސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މި ނޫހުގެ ޗީފް އެޑިޓަރ ޝަފްރާާޒް އަހުމަދު ހުސައިނެވެ. ކެބްއެމްވީގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރުގެ އިސްވެރިޔާާ ހަބީބެވެ.

މިރޭ މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކެބްއެމްވީއާއި އެ ސެންޓަރުގައި މަސައްކަތްކުރާ ޑްރައިވަރުންގެ އަޑުތައް ގެނެސްދެވޭނެއެވެ. އަދި އެތަނުގެ ޑްރައިވަރުންގެ މެދުގައި ހިންގޭ ތަފާތު އިވެންޓްތަކުގެ މައުލޫމާތުތައް ގެނެސްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފަހިކެބް ނަމަކަށް ކިޔާ މޯބައިލް އެޕްލިކޭޝަނަކުންނާއި ފޯނުގެ ޒަރިއްޔާއިން ކެބްއެމްވީގެ ޚިދުމަތްތައް އާންމުންނަށް ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
27 Aug 2026
އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދު އަޚްލާގީ ޢަމަލަު ހިންގި މައްސަލައެއް
ފުލުހުން ބުނީ، ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
27 Aug 2026
ހަނިމާދޫއަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް ގެންގޮސްފި
ހދ. ހަނިމާދޫ އިންޖީނުގޭގެ ކެޕޭސިޓީ 3500 ކިލޯވޮޓުން 4400 ކިލޯވޮޓަށް އިތުރުކުރުމަށް 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސް، ޕީކް ގަޑިތަކުގެ ލޯޑު މައްސަލައަށް ހައްލު ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.
27 Aug 2026
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޢައްޔަނުކޮށްފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް ޢައްޔަނުކުރައްވައި، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ހުވައި ކުރައްވައިފިއެވެ.