25 Feb 2020 | 15:36
ބަނގުރާ ބުއި މީހެއްގެ ގައިގައި 40 އެތިފަހަރު ޖެހުމަށް ހުކުމްކޮށްފި

ބަނގުރާ ބުއި މީހެއް ޖޫރިމަނާކޮށް، ސާޅީސް އެތިފަހަރުން ޖަލްދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމަހުގެ 18ވަނަ ދުވަހުގައި މިފަދައިން ހުކުމްކޮށްފައިވަނީ ބ.ތުޅާދޫ/ނިދާ، ސާއިދު މުހައްމަދުގެ މައްޗަށެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާާއަކީ ގާނޫނުލް އުގޫބާތުގެ 616ވަނަ މާއްދާގެ ހ ގެ 2ވަނަ ނަންބަރުގެ ދޭކާއި ހަވާލާދީ، އެ މާއްދާގެ ށގެ ދަށުން ބަނގުރާބުއިމުގެ ކުށުގެ ދައުވާއެވެ. އެގޮތުން 2018ވަނަ އަހަރުގެ މާޗްމަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 20:18ހާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ބަނގުރަލުގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމުން ބަނގުރާ ބޯކަމަށް އެއްބަސްވެފައިވާކަމަށް ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ އަމިއްލަ އިޚްތިޔާރުގައި ދައުވާއަށް އިއުތިރާފްވެފައެވެ. އޭނާގެ ކުށުގެ ރެކޯޑުން ފެންނަ ގޮތުގައި މިއީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ކަނޑައަޅަން ޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ މަތި ނުވާނެކަމަށް މަތިނުވާާނެކަން އެނގެން އޮންނަކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެކޯޓުގެ ގަޟިއްޔާާ ނިންމިގޮތުގެ ޚުލާސާގައިވާ ގޮތުގައި އޭނާގެ ކުށް ފާހަގަކުރެވެނީ ޖުނަހްގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އެފަަދަ ކުށެއްގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ވަނީ ސާއިދުގެ މައްޗަށް ބަނގުރާާބުއިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތުގެ 616ވަނަ މާއްދާގެ ށ އާއި ހަވާލާާދީ އަދި ހަަމަ އެ ގާނޫނުގެ 1106މާާއްދާާގެ ށ އަދި 1005ވަނަ މާާއްދާގެ ހގެ ދަށުން 5400ރުފިޔާއިން ޖޫރިމަނާާކޮށް، ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ.

އަދި 616ވަނަ މާއްދާގެ ށ އާއި ހަވާލާާދީ އޭނާ 40އެތިފަހަރުން ޖަލްދުކުރުމަށްވެސް ވަނީ ހުކުމްކޮށްފައެވެ. އެއީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެމަތިން، އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ.

ފޮޓޯ: އަވަސް

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.