Advertisement

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަަވަހާާރަވެއްޖެ

25 Feb 2020 | 16:44

30 އަހަރުގެ ދިގު މުއްދަތަކަށް މިސްރުގައި ވެރިކަން ކުރެއްވި އެގައުމުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަވަހާރަވެއްޖެއެވެ.

1981ވަނަ އަހަރުން ފެށިގެން 2011ވަނަ އަހަރާާއި ހަމައަށް މިސްރުގެ ވެރިކަން ކުރެއްވި ހުސްނީ މުބާރަކް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންމަތީ އުޅުއްވުމަށް ފަހުގައެވެ. އެމަނިކުފާނު އަަވަހާރަވީ މިސްރުގެ އަސްކަރީ ހޮސްޕިޓަލެއްގައި ކުރެއްވި އޮޕަރޭޝަނަކަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް އޭއެފްޕީން މައުލޫމާތުދެއެވެ.

އުމުރުފުޅުން 91އަހަރުގެ ހުސްނީ މުބާރަކްގެ ވެރިކަން 2011ވަނަ އަހަރުގައި އެގައުމުގެ ރައްޔިތުން ވައްޓާލުމާއި ގުޅިގެން، އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، ޖަލަށްލެވުނެވެ. ނަމަވެސް 2017ވަނަ އަހަރުގެ ތެރޭގައި އެގައުމުގެ ކޯޓަކުން ވަނީ އެބޭފުޅާގެ މައްޗަށް ގިނަ  ކުށްތަކެއް ސާބިތުނުވާކަމަށް ކަނޑައަޅާފައެވެ.

މި ދުވަސްވަރުގައިވެސް ޝަރީއަތުގެ މަޖިލީހަށް އެބޭފުޅާ ގެންދެވުނީ ސްޓްރެޗަރެއްގައިކަން ފާހަގަކޮށްލެވެއެވެ.

ހުސްނީ މުބާރަކް އަވަހާރަވީއިރު ދުނިޔޭގައި ތިއްބެވީ އަނބިކަނބަލަކާއި ދެކުދިންނެވެ.

Advertisement

ކޮމެންޓް