Advertisement

އެސްޓީއޯއިން އާންމުންނަށް ހޭންޑް ސެނިޓައިޒަރާއި މާސްކް ވިއްކުން ކޮންޓްރޯލްކޮށްފި

08 Mar 2020 | 22:18

އެސްޓީއޯއިން އާންމުންނަށް ހޭންޑް ސެނިޓައިޒަރާއި މާސްކް ވިއްކުން ކޮންޓްރޯލްކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ. އަމްރު ވިދާޅުވީ އެގޮތަށް ހެދުމަށް ނިންމީ އާންމު ފަރާތްތަކުން ގިނަ އަދަދަކަށް މާސްކާއި ހޭންްޑް ސެނިޓައިޒަރ ގަންނަމުންދާތީ، އޭގެ ސަބަބުން ބޭނުންވެއްޖެ ހާލަތެއްގައި ސިއްހީ މަސައްކަތްތެރިންނަށް ނުލިިބިދާނެތީކަމަށެވެ.

"އެސްޓީއޯ އިން ވިއްކާ ހޭންޑް ސެނެޓައިޒާ އަކީ އިންސްޓިއުޓްތަކަށް ބޭނުން ކުރާ ތަކެތި. އެހެންކަމުން އާއްމުންނަށް ހޭންޑް ސެނެޓައިޒާ ދޫކުރުން ހުއްޓާލައިފިން. އެއީ އަޅުގަނޑުމެންގެ އަތުގައި ނެތިގެންނެއް ނޫން. ނަމަވެސް އެންމެ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް"، އެބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް ބޭނުންޖެހޭ ފަރާތްތަކަށް މާސްކް ވިއްކާާނެކަމަށް އަމްރު ޔަގީންކަންދެއްވިއެވެ. 

އަދި އަމްރު ވަނީ ކާާޑުގެ ދަތިކަމެއް ދިވެހިރާއްެޖެއަށް ނެތްކަމަށް ތަކުރާރުކުރައްވާފައެވެ.

Advertisement

ކޮމެންޓް