12 Mar 2020 | 10:11
ޔުވެންޓަސްގެ ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިޓީއަށް ނިސްބަތްވާ ޔުވަންޓަސްގެ ޑިފެންޑަރު ރުގާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

ޔުވެންޓަސްއިން އިތުރަށް ހާމަކުރިގޮތުގައި މިކަމާ ގުޅިގެން ގާނޫނުން ލާޒިމުކުރާ ހުރިހާ އައިސޮލޭޝަން ޕްރޮސީޖާތަކެއް އެޓީމުން ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

ރުގާނީ ވަނީ މި ސީޒަނުގައި ޔުވެންޓަސްއަށް 7 މެޗް ކުޅެދީފައެވެ. އެގޮތުން އޭނާވަނީ އެޓީމް އެންމެ ފަހުން ލީގުގައި އިންޓަ މިލާންއައި ދެކޮޅަށް ކުޅުނު މެޗުގައިވެސް ބައިވެރިވެފައެވެ. ކޮވިޑް-19 އަށް ރުގާނީ ޕޮޒިޓިވްވުމައި ގުޅިގެން އިންޓަ މިލާން ޔޫރޯޕާ ލީގުގައި ކުޅެން ހަމަޖެހިފައި އޮތް މެޗް ވަނީ ވަކި ގޮތެއް ނިމެންދެން ފަސްކޮށްފައެވެ.

ކޮވިޑް-19 އައި ގުޅިގެން އެޕްރިލް 3 އަކައި ހަމައަށް އިޓާލީގެ ހުރިހާ ކުޅިވަރު މުބާރާތެއް ސަސްޕެންޑް ކޮށްފައިވާއިރު އެގައުމު އޮތީ ލޮކްޑައުންގައެވެ. އެގައުމުން މިހާތަނަށް 12،000 އަށްވުރި ގިނަ މިހުން މި ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ދާދި ފަހުން ފްރާންސްއަށް ނިސްބަތްވާ ޕީއެސްޖީގެ ތަރި އެމްބާޕޭ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓް ކޮށްފައިވެއެވެ. އެ ޓެސްޓްތަކުގެ ނަތީޖާ އައިސްފައިވަނީ ނެގެޓިވްކޮށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮރޯނާ ވައިރަހުގެ އަސަރު ފުޓްބޯޅައިގެ ދުނިޔެއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ގިނަ މެޗުތަކެއް ފަސްކުރެވިފައިވާއިރު، ކުޅޭވޭ ބައެއް މެޗުތައް ކުޅެނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.