ޗެނަލް13 އިން ފުލުހުންގެ ތަރުޖަމާނުގެ ކިބައިން މައާފަށް އެދިއްޖެ

15 Mar 2020 | 15:57

ޗެނަލް13ގެ މަޑިސީލަ ޕްރޮގްރާމްގައި ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިޔާ ޒާހިރުގެ އަބުރަށް ހުތުރުވާ ގޮތަށް ދެއްކި ވާހަކަތަކަށް އެ ސްޓޭޝަނުން މައާފަށް އެދިއްްޖެއެވެ.

މިގޮތަށް މައާފަށް އެދިފައިވަނީ ޗެނަލް 13އިން މި މައްސަލަ އިޒްމިޔާގެ ފަރާތުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށައެޅުމުން ކުރިއަށްގެންދިޔަ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ތެރެއިން އެއްބަސްވެ، މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އިޒްމިޔާގެ ފަރާތުން ޗެނަލް 13އާއި ދެކޮޅަށް މައްސަލަ ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުގެ ރޭ ދުރަށްދެއްކި މަޑިސީލަ ޕްރޮގްރާާމްގައި ފުލުހުންގެ ސްޕޯކްސްޕާސަން ފިރިހެން ނޫސްވެރިންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށާއި، އެމަގާމަށް އިޒްމިޔާ އައްޔަންކުރިފަހުން އެކަަމަނާ އަންގަވައިގެން ފިރިހެން ނޫސްވެރިން ހައްޔަރުކުރަމުންދާ ކަމަށް ބުނުމުގެ ސަބަބުންނެވެ.

މީގެ އިތުުރުން އެ ޕްރޮގްރާާމްގައި ވަނީ އިޒްމިޔާއަކީ އިސްލާާމްދީނާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތެއްކަމަށްވެސް ބުނެފައެވެ. 

މިކަމާއި ގުޅިގެން އެ ޗެނަލުން ވަނީ އިޒްމިޔާގެ ކިބައިން މައާފަށް އެދި، އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުކުރާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement