16 Mar 2020 | 07:59
ވެލެންސިއާގެ 4 ކުޅުންތެރިން އަދި ސްވިސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ސްޕެނިޝް ލީގުގެ ވެލެންސިއާއަށް ކުޅެމުން އަންނަ ހަތަރު ކުޅުންތެރިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ އިތުރުން ކްލަބުގެ މުވައްޒަފަކަށްވެސް ކޮރޯނާވައިރަސް ޖެހިފައިވާކަން އެ ކްލަބުންވަނީ ހާމަކޮށްފައެވެ.

ވައިރަހަށް ޕޮޒިޓިވްވި ކުޅުންތެރިންގެ ތެރޭގައި އާޖޭންޓީނާއަށް ނިސްބަތްވާ ގްރާއި އަދި ކުރިން މެންޗެސްޓާ ސިޓީއަށް ކުޅުނު މަންގަލާ ހިމެނެއެވެ. ސްޕެއިންއަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އިޓާލީއަށްފަހު ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމެވެ.

މިކަމާގުޅޭ ގޮތުން ވެލެންސިއާއިން ނެރުނު ބަޔާނަގައި ވަނީ ވައިރަހުގެ އަސަރު ކޮށްފައިވާ ކުޅުންތެެރިން އަދި މުވައްޒަފުގެ ސިއްހީ ހާލު ރަނގަޅު ކަމަށައި އެންމެންވެސް ތިބީ ގޭގައި ސެލްފް އައިސޮލޭޓްވެގެން ކަމަށެވެ.

ދުނިޔޭގެ ގިނަ ފުޓްބޯޅަ ލީގު ތަކެކޭ އެއްގޮތަށް ސްޕެނިޝް ލީގުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ހަލުވި ކަމާއެކު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަހަށް ސްވިސް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ޑޮމިނީކް ބްލާންކްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

70 އަހަރުގެ ބްލާންކް ބުނި ގޮތުގައި އޭނާ ވައިރަހަށް ޓެސްޓް ކުރީ ބަލީގެ އަލާމާތްތައް ފެންނަށް ފެށުމުން ކަމަށެވެ. އޭނާ މިވަގުތު ހުރީ އޭނާގެ ގޭގައި ކަރަންޓީނުވެގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.