22 Mar 2020 | 18:59
ޝުޖާއު އާއި ޔާމީންގެ ފިނި ހަނގުރާމައެއް!

މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ވަގުތުގައި އިދިކޮޅުން ސަރުކާރަށް ޝަރުތަކާއި ނުލައި އެއްބާރުލުން ދޭންޖެހޭކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވުމުން ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ޔާމީން ރަޝީދު ދުވަހު ނޫސް ވަގުތަށް ދީފައިވާ އިންޓަވިއުއާއެކު ކޮށްފައިވާ ޓުވީޓުގައި ޝުޖާއު ބުނެފައިވާގޮތުގައި ޔާމީން ރަޝީދު އުޅުއްވަނީ މާ ފަހަތުގައި ކަމަށާއި ޔާމީން އިޝާރާތްކޮށްފައިވާ ކަންކޮށްގެން އުޅުއްވާތާ ކޮން ދުވަހެއްކަމަށް ވަނީ ބުނެފައެވެ. އަދި މި ސަރުކާރަކީ ފާޑު ވިދާޅުވުމަށްފަހު ޖުމްހޫރީ ޕާޓީގެ އަޑު މަޑުކަމަށް ބުނެ ވަނީ ފާޑު ކިޔާފައެވެ.

ރައްދުގައި ޔާމީން ވަނީ ޕާޓީ (ޖުމްހޫރީ ޕާޓީ) ގެ އަޑު މަޑެއްނުވާކަމަށާއި، ޕާޓީގެ ލީޑަރު އަމިއްލަ ހައިސިއްޔަތުން އަމިއްލަފުޅު ރިޒޯޓް ކަރަންޓީން ފެސިލިޓީއެއްގޮތުގައި ދެއްވައިގެން ރައްޔިތުންގެ ހިދުމަތުގައި ވަރަށް ބާރަށް އެބަ އުޅުއްވާކަމަށެވެ. އަދި މިފަދަ ހައްސާސީ ދަނޑިވަޅުގައި ސިޔާސީ އަޑު މަޑުވާނެކަމަށް ވިދާޅުވެފައެވެ.

ވޮއިސްއަށް ދެއްވި ބަސްދީގަތުމެއްގައި ޔާމީން ވިދާޅުވީ މިހާރު ހިނގަމުންދާ ކޮވިޑް-19ގެ ހާލަތަކީ އެއްވެސް ގޮތަކަށް ސިޔާސީ ކަމެއް ނޫންކަމަށެވެ. އަދި ވެރިކަމުގެ ބާރާާއި ޖާާހަތަށް ވުރެ އިންސާނީ ދުޅަހެޔޮކަމާއި އިގްތިސާދީ އަދި އިޖްތިމާއީ ފޭރާމަކީ މާ މުހިންމު އެއްޗެއްކަމަށް އެނާ ވިދާޅުވިއެވެ.

ޔާމީން ވަނީ މިހާރު އިދިކޮޅުގައި އޮތް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތްތަކަށްވެސް އެއްވެސް ޝަރުތަކާއި ނުލައި މި ދަނޑިވަޅުގައި ސަރުކާރަށް އެއްބާރުލުންދީ ކުރިއަށްދާން ގޮވާލައްވާފައެވެ.

އަދި މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ސިޔާސީ ގޮތުން އެއްކޮޅުވުމާއި އިދިކޮޅުވުން އޮވެގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް