27 Mar 2020 | 17:32
ދިރާގުގެ ހިއްސާ ވިއްކާ ނުލި ނަމަ އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް: ޢަލީ ޙުސައިން

ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ދިރާގުގެ ހިއްސާ ރައީސް ނަޝީދުގެ ވެރިކަމުގައި އަމިއްލަ ފަރާތަކަށް ވިއްކާނުލި ނަމަ މިއަދު އިންޓަނެޓްގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަނަށް ނުޖެހުނީސްކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު ޢަލީ މިފަދައިން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައިއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މިވަގުތުގައި ސިއްހީ މާހިރުންނާއި، ސަރުކާރުންވެސް އަންނަނީ ރައްޔިތުން ގޭގައި މަޑުކުރުމަށް އޮރުޝާދުދެމުންނެވެ. މިއާއެކު ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ އިންޓެނެޓްގެ އަގު ބޮޑުވުމެވެ.

ޢަލީ ހުސައިން އިތުރަށް ވިދާޅުވެފައިވާގޮތުގައި އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގައިކަމަށެވެ.

ދިރާގުގެ ހިއްސާއިން ބައެއް ބޭރުގެ ފަރާތަކަށް ވިއްކާލާފައިވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައެވެ.

އިންޓަރނެޓް އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. މިސަރުކާރުން މިހާރު ޢިއުލާން ކުރަށްވާފައިވަނީ 2022 ވަނަ އަހަރު އިންޓަރނެޓްގެ ޚިދުމަތުގެ އަގު ހެޔޮވެގެން ދާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Aug 2026
ރައްޔިތުންގެ އަޑު: ފާއިޒު ކިޔައިދިނީ މިސްކިތަށް ދިއުމުން ކުރިމަތިވި ކަންކަން
ހުޅުމާލެ ބައެއް މިސްކިތްތަކުން ވެސް ކުރެވުނީ އެ ތަޖުރިބާ ކަމަށް ވަނީ ބުނެފަ އެވެ.
13 Aug 2026
މި ސަރުކާރުން ދަރަނި ދެއްކީ އެމްޑީޕީ ސަރުކާރުން އެއްކުރި ފައިސާއިން: ނަޝީދު
"މި ދަރަނި އަދާކުރުމަށް އެއްކޮށްފައި ހުރި ފައިސާއަކީ ކުރީގެ އެމްޑީޕީ ސަރުކާރުން އެއްކޮށްފައިވާ ރިޒާވް. އަދި އެހެންވެސް ސަރުކާރު އަތުގައި އޮތް ފައިސާއަކީ ކުރީގެ ސަރުކާރުން އެއްކޮށްފައި އޮތް އެ ސަރުކާރުގެ ރިޒާވް,"
13 Aug 2026
ޑާކްރެއިންގެ ޖަންނަތު: އިބްރަތްތެރި މޮޅު ފިލްމެެއް، ކޮންމެހެން ބަލާލަން ޖެހޭ
13 Aug 2026
މާލެސިޓީ ކައުންސިލުން 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ
ވެމްކޯއިން ބުނީ ކަނޑައެޅިފައިވާ އުސޫލުން ފީ ނުދެއްކުމުން އާންމު އުސޫލުން ކަސްޓަމަރުން ރަޖިސްޓްރީކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުރަސް އެޅުފައިވާކަމަށެވެ
13 Aug 2026
ރައީސާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު: އިތުރު ދާއިރާއަކަށް ނޯޓްކުރަން ހުޅުވާލައިފި
"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން އެބަ ހުއްޓެވެ.
13 Aug 2026
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކާއި ޖަމިއްޔާއަކަށް، ހިދުމަތުގެ އިނާމު އެއް ބޭފުޅަކަށް
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
13 Aug 2026
އަޔަލޭންޑްގެ ފުޓްބޯޅަ އިދާރާއިންވެސް އިންފަންޓީނޯއާ ދެކޮޅަށް
ބޯޑު ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި އެފްއޭއައި އިން ބުނެފައި ވަނީ ވޯލްޑް ކަޕަށް ފަހު ހިޔާލުތަފާތުވުންތައް އުފެދުމުގެ ކުރިން ފޮނުވި ތާއީދުގެ ސިޓީ ބާތިލުކޮށް ސަބަބުތައް ބަޔާންކޮށް ފީފާއަށް ވަކި ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.
13 Aug 2026
އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު 145.7 މިލިއަން ރުފިޔާގެ ފައިދާއެއް
މިދިޔަ އަހަރު އެމްޑަބްލިއުއެސްސީ ގްރޫޕް ކުންފުންޏަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 187.5 މިލިއަން ރުފިޔާއެވެ.