28 Mar 2020 | 17:25
ކޮވިޑް-19 އުސްއަލި: ޔޫއޭއީގައި ދިވެއްސަކު ޕޮޒިޓިވްވިކަމަށް ބުނެވޭ ވާހަކައާއި މެދު އިތުރު ޝައްކުތަކެއް!

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16 އަށް އަރައިފިކަމަށް ސަރުކާާރުން ވަނީ ހާާމަކޮށްފައެވެ.

މިއާއި އެކު ގިނަ ބަޔަކު ކަންބޮޑުވުުމުގައި ތިއްބާ މިއަދު ލިބިގެންދިޔަ އުފާާވެރި ޚަބަރަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ދިވެހިރާއްޖޭގައި ފަރުވާދެމުން ދިޔަ އިތުރު ދެމީހަކު ރަނގަޅު ވެގެންދިޔަ ޚަބަރެވެ. ދަރުބާރުގޭގައި މިއަދު މެންދުރުފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ.މުއާޒް ވިދާޅުވީ މިއާއި އެކު ދިވެހިރާއްޖޭގައި އެ ބައްޔަށް ފަރުވާދީ ރަނގަޅު ކުރެވުނު މީހުންގެ އަދަދު އެގާރައަށް އަރާފައިވާ ކަމަށެވެ.

މިއަދު މެންދުރުފަހާއި ހަމައަށް ދިވެހިރާއްޖޭގައި ނެގިފައިވާ ސާމްޕަލްތަކުގެ ޖުމްލަ އަދަދަކީ 880 ސާމްޕަލްއެވެ. މީގެ ތެރެއިން އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ މިހާތަނަށް ނުލިބި ނެތްކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުުމުގައި ދެކެވުނު ވާހަަކަތަކުގެ އުސްއަލިތަކަށް މިހިސާބުން ބަލާލާނަމެވެ.

ޔޫއޭއީގައި ދިވެއްސަކު ޕޮޒިޓިވްވިކަން އަދިވެސް ޔަގީނެއް ނޫން!

އެކުވެރި އަރަބި އިމާރާތުގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވިކަމަށް އެގައުމުގެ މީޑިޔާތަކާއި ހެލްތު މިނިސްްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމާއި ބެހޭގޮތުން ރަސްމީ މައުލޫމާތެއް ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުން، ޕޮޒިޓިވްވިކަމަށް ބުނާ ފަރާތަށް ކިޔަނީ ދިވެހިނަމެއް ނޫންކަމަށް މިހާތަނަށް އެނގިފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ އެފަރާތަށް ކިޔަނީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ މީހުންނަށް ކިޔާފަދަ ނަމެއްކަމަށާއި، އެހެންކަމުން އެއީ ދިވެހިރާއްޖެއާއި އެއްގޮތް ނަމެއް ކިޔާާ ގައުމެއްކަމަށްވާ މޯލްޑޯވާއަށް ނިސްބަތްވާާ ފަރާާތަކަށް ވުމުގެ ފުރުސަތު އެބައޮތްކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެކަން ކަށަވަރުކޮށް އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އިތުރު ދެ ތަނެއް މޮނީޓަރިންގގެ ހާލަަތަށް

މިއަދުގެ ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވަނީ ރިސޯޓަކާއި އިތުރު ސަފާރީއެއް މޮނީޓަރިންގގެ ހާލަަތުގައި އޮތްކަމަށް ވިދާޅުވެފައެވެ. މިތަންތަން މޮނީޓަރިންގގެ ހާލަަތަށް ލެވިފައިވަނީ ބަލީގެ އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވޭ ބަޔަކު ފެނިގެންނެވެ.

އެއީ ތާޖް އެގްޒޯޓިކާ ރިސޯޓް އަދި އާކް ނޮވެލް ސަފާރީ އެވެ.

މިއީ 28 މާރިޗު ވީ ދުވަހުގެ މެންދުރުފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.