ފުލުހުންގެ ފްރަންޓްލައިން އެލަވަންސް ޖަމާކުރުމުގައި ޖެހުނު މައްސަލަތައް ހައްލުކުރާނަން: ފުލުހުން

01 Apr 2020 | 16:12

ފުލުހުންގެ ފްރަންޓްލައިން އެލަވަންސް ޖަމާކުރުމުގައި ޖެހުނު މައްސަލަތައް ހައްލުކުރާނެކަމަށް ބުނެފިއެވެ.

ވޮއިސްއިން ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ފުލުހުންގެ މުސާރައިން އެއްވެސް އެލަވަންސެއް ކަނޑާ އުނިކޮށްފައި ނުވާކަމަށެވެ. ނަމަވެސް ފާާހަގަކޮށްލެވޭ ގޮތުގައި ބައެއް ފުލުހުންނަށް މުސާރައާއި އެކު ޖަމާވާން ޖެހޭ ފްރަންްޓްލައިން ޖަމާވެފައި ނުވާކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަން ސާފުކޮށްލުމުން ފުލުހުން ވިދާޅުވީ ދިމާވި އޮޅުމަކުން ފްރަންޓް ލައިންޓްގެ އެލަވަންސް ބައެއް ފުލުހުންނަށް ލިބިފައި ނުވާކަަމަށެވެ. 

"އެކަން ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި އެކު މަޝްވަރާ ކުރަމުންދާ ކަމުގައި ދަންނަވަން"، ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement