ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށްފި

06 Apr 2020 | 01:16

މާލޭގައި ކޮންެމެ ދުވަހެއްެގެ ހަވީރު ފަހަކުން ފެށިގެން ރޭގަނޑު އަށެއް ޖަހަންދެން ހިންގާ ކާފިޔުގެ ވަގުތުގައި ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މިއަދު ވަނީ 139މީހަކަށް ފުރަތަމަ ނަސޭހަތް ދީފައެވެ. އެއީ 122ދިވެހިންނާއި 17ބިދޭސީންނެވެ. އަދި ދެވަނަ ފަހަރަށް ވަނީ ހަތް މީހަކަށް ނަސޭހަތްދީފައެވެ.

އަދި އެއް ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.

ފުލުހުން މީގެކުރިން އާންމުކުރި ބަޔާނެއްގައި ބުނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގެ މަތިން ކާފިޔު ހިންގާ ވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން މަނާާކުރުމަށާއި އެހެނިހެން ވަގުތުތަކުގައިވެސް އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ތަންފީޒުކުރާނެކަމަށެވެ.

މިގޮތަށް އަމަލުނުކުރާ ފަރާތްތަކާއި މެދު ނަސޭހަތްތެރިވެ، ތަކުރާރުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement