11 Apr 2020 | 13:42
އިސްލާމްދީނުގައި ކުޑަކުޑަ ފުރުސަތެއް މިއުޒިކު ކުޅުމަށް އޮތްނަމަވެސް އެކަން ދޫކޮށްނުލީސް: ޢަލީ ރަމީޒް

އިސްލާމްދީނުގައި މިޔުޒިކު ކުޅުމަށް ކުޑަ ކުޑަ ފުރުސަތެއް އޮތް ނަމަވެސް އެކަން ދޫކޮށް ނުލީމުސްކަމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޢަލީ ރަމީޒު ބުނެފިއެވެ.

ޢަލީ ރަމީޒް މިހެން ބުނެފައިވަނީ މިރޭ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

ރާއްޖޭގެ މިއުޒިކު ރަސްގެފާނުގޮތުގައި މިހާރުވެސް ގިނަބަޔަކު ސިފަކުރާ ޢަލީ ރަމީޒު ވަނީ މީގެ 17 ވަރަށް އަހަރުކުރިން މިއުޒިކީ ދުނިޔެއިން ދުރުވެފައެވެ. އޭގެ ފަހުން އޭނާ ފެނިފައިވަނީ އިސްލާމް ދީނަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތުގައި ކަންފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ޢަލީ ރަމީޒަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ހަރަކާތްތެރި ދީނީ ޖަމިއްޔާ ސަލަފްގެ އޮޕަރޭޝަން މެނޭޖަރެވެ.

ޢަލީ ރަމީޒްގެ ފޭސްބުކް ޕޯސްޓުން ޒުވާނެއްގެ ހަޔާތް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަ:

ޢަލީ ރަމީޒް ވަނީ އޭނާގެ ޕޯސްޓުގައި މިއުޒިކާއި ދުރުވި ޒުވާނެއްގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން މިޔުޒިކު ކުޅުމާއި ގުޅޭގޮތުން ޒުވާނަކު މީގެ ދެތިން ދުވަސްކުރިން ޢަލީ ރަމީޒަށް މެސެޖުކުރިކަމަށާއި އަދި އެޒުވާނާއަށް ކުރު ޖަވާބެއް ދީފައިވާނެކަމަށެވެ.


"އޭގެ އަނެއްދުވަހު އެ ޒުވާނާ އަޅުގަނޑަށް ފޮނުވި 3 ފޮޓޯ އެ ފެންނަނީ. (އޭނާ ކުޅެން ގެންގުޅުނު ގިޓާތައް ބިންދާލުމަށްފަހު އެ ގިޓާ ތަކުގަ އަލިފާން ޖަހާ ރޯކޮށްލާފައިވާ މަންޒަރު) ފޮޓޯތަކާއި އެކު ލިޔެފައި އިނީ "އަލްމަދުލިﷲ" މިހެން އެކަނި. ގިޓާ ކުޅެމުން ދިޔަ އެ ޒުވާނާ މިހާރު އެ ވަނީ ﷲ ހަރާމް ކުރެއްވި މިއުޒިކުން އަތް ދޫކޮށްލާފައި" ޢަލީ ރަމީޒްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަލީގެ ޕޯސްޓް ނިންމާލާފައިވަނީ އެ ޒުވާނާއަށާއި އަދި ޢަލީގެ އިތުރުން އެންމެހައި ޒުވާނުންނަށް ސާބިތުކަން ދެއްވުން އެދި ދުޢާ ކުރަމުންނެވެ.

ޢަލީ ރަމީޒު ލަވައާއި މިއުޒިކުން ދުރުވުމަށް ފަހު ވަނީ ޢާންމުންގެ މެދުގައި ބޮޑު މަޤުބޫލްކަމެއް ހޯދި އެތަކެއް މަދަހަތަކެއް ކިޔާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.