ކޮކާކޯލާ، މަޓާޓޯ އަދި އެންބީއޭއެމް ގުޅިގެން ދައުލަތުން ބަލަހައްޓަމުންދާ މީހުންނަށް ކާތަކެތި ފޯރުކޮށްދެނީ

28 Apr 2020 | 13:36

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕޮރޭޓަރސް [މަޓާޓޯ] އާއި ނެޝަނަލް ބޯޓިންގް އެސޯސިއޭޝާން އޮފް މޯލްޑިވްސް [އެންބީއޭއެމް] އަދި ކޮކާކޯލާގެ ފަރާތުން ގުޅިގެން 500 މީހުންނަށް އެއްމަސް ދުވަހު ކާާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ކޮވިޑް 19 ގެ ސަބަބުން އެކިއެކި ފެސިލިޓީތަކުގައި ސަރުކާރުން ބަލަހައްޓަމުންދާ ފަރާތްތަކުގެ ތެރެއިން ދިވެހިންނާއި ބޭރުމީހުން ހިމެނޭގޮތަށް 500 މީހުންނަށް އެއްމަސް ދުވަހުގެ ކާބޯތަކެތީގެ އެހީ ފޯރުކޮއްދިނުމަށް ވަނީ މަޓާޓޯ، އެންބީއޭއެމް އަދި ކޮކާކޯލާ އިނަް އަތުކުރި އޮޅާލާފައެވެ.

އެފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި މި ދަނޑިވަޅުގައި މި މަސައްކަތް އެފަރާތްތަކުން ކުރަމުންދަނީ ބައެއް ދަތިތަކާއި އެކުގައިވެސްމެއެވެ. އެގޮތުން ކައްކަން ބޭނުންވާ ތަކެތި ހޯދުމާއި ވަގުތަށް ޑެލިވަރކުރުން ފަދަ ކަންކަމުގައި ބައެއް އުނދަގޫތަކާއި ކުރިމަތިލާންޖެހޭކަމަށް އެފަރާތްތަކުން ބުންޏެވެ.

އެހެން ނަމަވެސް މިތިން ފަރާތުން އެކުގައި މަސަައްކަތްކޮށް، ސަލްސާ ކޭޓަރިންގގެ އެހީތެރިކަމާއިއެކު ކާތަކެތި ތައްޔާރު ކުރެވިގެން ފޯކަލް ޕޮއިންޓްތަކާއި ކޯރޑިނޭޓްކުރެވި ކޮންމެ ކާ ވަގުތެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮަށްލެވެއެވެ. އެގޮތުން މިއަދާއި ހަމައަށް މިހަރަކާތުގެ ދަށުން ފަސްހާހެއްހާ މީލްޕެކޭޖް ވަނީ ފޯރުކޮށްދެވިފައެވެ.

އަދި ކުރިއަށް އޮތް މަހެއްހާދުވަސްތެރޭ 30،000 އެއްހާ މީލް ޕެކޭޖް ޑެލިވަރ ކުރެވޭނެކަމަށް އެފަރާތުން އުންމީދުކުރެއެވެ. މި ދުވަސްވަރު ވިއްސާރައިގެ ސަބަބުން ޗެލެންޖް ބޮޑުވިޔަސް ހިދުމަތް ނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމުގައި ބައިވެރިވެ ލޮޖިސްޓިކްސް، ޑެލިވަރީ ، ސޯސިންގް އޭރިއާތަކުގައި އެހީތެރިކަން ދޭން ބޭނުން ފަަރާތްތަކަށް އެދޮރު ހުޅުވާލެވިފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

Advertisement

ކޮމެންޓް

Advertisement