Advertisement

ތަށިބަރިން ކޮވިޑް-19 ފެތުރޭނެ: މަބްރޫކް

07 May 2020 | 23:46

ގެއިންގެއަށް ގެންދާ ދަށިބަރިންވެސް ކޮވިޑް-19 ފެތުރޭނެކަމާއި މިކަމަށް ސަމާލުވެ، މިކަން ނުކުރުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިގޮތުގައި ގެއިންގެއަށް، އެއް އެޕާޓްމަންޓުން އަނެއް އެޕާޓްމަންޓަށް މީހުން ނުދިޔަކަމުގައި ވީނަމަވެސް ގެއިންގެއަށް ތަށިބަރި ގެންދިޔުން ހުއްޓިފައިނުވެއެވެ. އަދި ތަށިބަރިން ކޮވިޑް-19 ފަރުތާ ވައިރަސް ފެތުރޭނެކަން އޭނަ ފާހަގަކުރެއްވިއެވެ.

ރޯދަ މަހަކީ ދިވެހިންގެ މެދުގައި ކާތަކެއްތި ބަދަލުކުރޭ މަސްވަރެކެވެ. އެގޮތުން ތަރާވީހާއި، ރޯދަ ވީއްލުމަށް ތައްޔާރު ކުރާ ބާވަތްތައް އާއިލީ، އަދި އަވަށްޓެރިންނަށް ތަށިބަރީގައި ގެންގޮސްހެދުމަކީ ދިވެހިން ގެ އާދަކާދައިގެ ތެރެއިން ހިމެނިފައިވާކަމެކެވެ.

ސިއްހީ މާހިރުންގެ ހޯދުންތަކުން ހާމަކުރައްވާގޮތުގައި ޕްލާސްޓިކާއި، އެލްމެނިއަމް ފަދަތަކެތީގައި ކޮވިޑް-19 ފަތުރާ ވައިރަސް މަރުނުވެ ހުރެއެވެ. އެހެންކަމުން އެއްގެއިން އަނެއްގެއަށް މިފަދައިން ތަކެތި ބަދަލުކުރުމަކީ މިހާލަތުގައި ވަރަށް ނުރައްކާކަމަކަށެ ވެގެންދާނެއެވެ. 

Advertisement

ކޮމެންޓް