09 May 2020 | 16:20
ހުޅުމާލެއިން ތާޒާ މަސް ގަންނަން މިއޮތީ ފަސޭހަގޮތެއް!

ކޮވިޑް-19ގެ ބިރުވެރިކަމާއި އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމާއިބެހޭ އިދާރާތަކުން އެޅި އެންމެ ބޮޑު ފިޔަވަޅަކީ ގްރޭޓާ މާލެ ސަރަހައްދު ފުރަބަންދު ނުވަތަ ލޮކްޑައުންގެ ހާލަތަކަށް ގެންދިއުމެވެ. މިއާއި އެކު ގިނަބަޔަކަށް ދިމާވެގެންދިޔަ އެއް ކަމަކީ ގެއަށް ބޭނުންވާ ތަފާތު ވައްތަރުގެ ކާބޯތަކެތި ތާޒާކަމާއި، ހަލުވިކަމާއި އެކު ލިބުމަށް ދަތިތަކާއި ދިމާވުމެވެ.

އެ ހާލަތުގައި އޮއްވާ ދެން ދިވެހިންނާއި ބައްދަލުވީ ބަރަކާތްތެރި ރަމަޟާން މަހެވެ. އެއީ ބަދިގޭގައި ތަފާތު ތަކެތި ތައްޔާރުކުރުމަށް ގިނަ އަދަދެއްގެ ތަކެތި ބޭނުންވާނެ މަހެކެވެ. ޚާއްސަކޮށް ވަށައިގެންވާ ކަނޑުން ބާނާ ތާޒާ މަހަކީ ހަމަ ގައިމުވެސް ބޭނުންވާނެ އެއްޗެކެވެ.

މި ދުވަސްވަރު ހާލަތު އޮތްގޮތުން ކޮންމެ ދުވަހަކު މަސް މާރުކޭޓަށް ގޮސް ތާޒާ މަހެއް ގަނެލުން ވާނީ ދަތިކަމަށެވެ. އެހެނަސް، އެ ދަތިކަމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިވަނީ ފަސޭހަ ހައްލެއް ލިބިފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެފައިވާ، އަދި މިހާރު ހުޅުމާލޭގައި ވިޔަފާރިކުރަމުންދާ އިބްރާހިމް މޫސާ ވަނީ ތާޒާ މަސް އާންމުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ފަށާފައެވެ.

ވޮއިސްއަށް މައުލޫމާތުދެމުން އިބްރާހިމް ބުނީ ކޮވިޑް-19ގެ ސަބަބުން އޭނާގެ ވިޔަފާރި އެއްކޮށް ހުއްޓިފައިވީނަމަވެސް، އާމްދަނީއެއް ހޯދައި އާންމުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި މަސްވިއްކަން ނިކުތީކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މަސް ދޯނިތަކުން ލިބޭ ތާޒާ މަސް، ގުޅާލުމުން ހުޅުމާލޭގެ ރަށްވެހިންގެ ގެތަކަށް ގެންގޮސްދިނުމުގެ ޚިދުމަތް ލިބިގެންދާނެކަމަށްވެސް އޭނާ ބުންޏެވެ.

މިގޮތުން ތާޒާ ފަރުމަސް، ކަނޑުމަސް އަދި ކަންނެލި މަސް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ. މި މަސްތައް ގަންނަން ލިބޭނީ އަތްފޯރާ ފަށުގައިކަމަށް އިބްރާހިމް ބުންޏެވެ. މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން 7779853 އަދި 7772165 އަށް ގުޅުމުން މަހުގެ އަގާއި އެހެނިހެން މައުލޫމާތު ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.