18 May 2020 | 13:22
ރައީސް ނަޝީދު މައްސަލަ ހުށައެޅުއްވީ މީގެ ހަތްވަރަކަށް އަހަރު ކުރިން އާންމުކުރި ވީޑިޔޯއަކާއި ބެހޭގޮތުން!

ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ވަސައްލަމަށް ނިސްބަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިހާނެތި ބަސް ވިދާޅުވިކަމަށް ރ.އަނގޮޅިތީމު ޖީޒާ، އަލީ އިބްރާހިމް ނަމަކަށް ކިޔާ މީހަކު ބުނި ވީޑިޔޯއެއްގެ މައްސަލަ ތަހުގީގުކުރަން އެމަނިކުފާނު ވަނީ ހުށައަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދު ކީރިތި ރަސޫލާއާއި މެދު އިހާނެތި ބަސްބުނެފައިވާ ކަމުގެ ދޮގު އިލްޒާމް އަޅުވައި، ރަމަޟާން މަހުގެ ފަހުދިހައިގެ މަތިވެރި ދުވަސްތަކުގައި ރ.އަނގޮޅިތީމު ޖީޒާގޭ އަލީ އިބްރާހިމް ދައްކާފައިވާ ވާހަކަތައް ތަހުގީގުކޮށް އަދި އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިޔާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދޭން އެދި ފުލުހަށް މައްސަލައެއް ހުށައެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ރަމަޟާންމަހުގެ ފަހުދިހައިގައި މި މައްސަލަ ކުރިމަތި ކުރުވި ބަޔަކު އެކަން ކުރަނީ ރައީސް ނަޝީދު ގަތުލުކުރަން ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ފަރާތުންވެސް ވަނީ މި ވީޑިޔޯ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މި ވީޑިޔޯއަކީ 2013ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7ވަނަ ދުވަހުގައި އަދާލަތު ކޮމިއުނިޓީ ކިޔާ ޔޫޓިއުބް ޗެނަލަކުން އަޕްލޯޑްކޮށްފައިވާ ވީޑިޔޯއެކެވެ. އަދި މި ވީޑިޔޯ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ 8ވަނަ ދުވަހު މިހާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވަނީ ޓްވީޓްވެސް ކުރައްވާފައެވެ.

މިހާ ކުރީގެ އިންޓަރވިއުއެއް މީޑިޔާއަކުން އަލަށް ދުރަށް ދައްކަން ނިންމި ސަބަބެއް ސާފުވާގޮތް ވަނީ ނުވެފައެވެ. މި ވީޑިޔޯގައި އަލީ އިބްރާހިމް ބުނާގޮތުގައި ރ.އަނގޮޅިތީމަށް ރައީސް ނަޝީދު ވައްކަމުގެ މައްސަލައެއްގައި އަރުވާލާފައި ހުއްޓާ އެމަނިކުފާނު ވަނީ މުހައްމަދުގެފާނަކީ ރަސޫލެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ކީރިިތި ގުރުއާނަކީވެސް ބާވާލެއްވި އެއްޗެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް އިބްރާހިމް ވަނީ ބުނެފައެވެ. 

މި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ރައީސް ނަޝީދު ވަނީ ރަސޫލާގެ ސުންނަތަކީ ވަރަށް އުފާކުރަން ޖެހޭ ކަންކަން ހިމެނޭ ސުންނަތެއްކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑަކީ، ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކުކަމަކާ ނުލައި ހިތުގެ އަޑިން ޤަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާއަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް” ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މި ވީޑިޔޯގެ މައްސަލައިގައި އަދާލަތު ޕާޓީން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
20 Sep 2026
ދަރިފުޅަށް އެހީވުމަށް ބެލެނިވެރިންނަށް ކުރެވޭނެ ކަންކަން
ދިވެހިރާއްޖޭގައި މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު މިވަނީ ރަސްމީކޮށް ފެށިފައެވެ. މިއީ ހަމައެކަނި ދަރިވަރުންގެ އިމްތިހާނެއް ނޫނެވެ؛ މިއީ ބެލެނިވެރިންގެ ވެސް އިމްތިހާނެކެވެ. އިމްތިހާނުގެ މި ދުވަސްވަރަކީ ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރަކަށް ވާއިރު، މި ދަނޑިވަޅުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.
20 Sep 2026
"ވޯލްޑް ކްލީނަޕް ޑޭ 2026" ހަރަކާތުގެ ތެރެއިން 282 ކިލޯގެ ކުނި ނަގައިފި
"ސާފުމާދަމާއެއް" ގެ ނަމުގައި ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި ޒުވާނުންގެ ޖަމްޢިއްޔާތަކާއި ތިމާވެށީގެ ޖަމާޢަތްތަކުގެ އިތުރުން ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމުގެ އާދަ ފެތުރުމަކީ މި ހަރަކާތުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއެވެ.
20 Sep 2026
ގަމުގެ ރޭސިންގ މުބާރާތުގައި ސައިކަލެއް މޫދަށް ވެއްޓި ޒުވާނަކަށް ފަރުވާދެނީ
ލ. ގަމުގައި ބޭއްވި ރާސް ޗެމްޕިއަންޝިޕް ރޭސިންގ މުބާރާތުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް މޫދަށް ވެއްޓި، ދުއްވަން އިން 20 އަހަރުގެ ޒުވާނާއަށް ގަމު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
20 Sep 2026
ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކުޑަކުދީންނަށް މި ޓެކްނޮލޮޖީގެ އަސާސީ ހުނަރުތައް ދަސްކޮށްދޭން ފަށައިފިއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސާނަވީ މަރުހަލާގެ ކިޔެވުމުގެ ތެރެއަށް އޭއައި މާއްދާއެއް ރަސްމީކޮށް ހިމެނުމާ ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ދުނިޔެ މިކަމުގައި ގޮސްފައިވާ ހިސާބާއި ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކާއި ކުރިއަށް އޮތީ ކޮން ކަމެއްތޯއެވެ.
20 Sep 2026
އޯލެވެލް އިމްތިޙާނު މިއަދު ފަށައިފި
މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެ، މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ސެންޓަރުތަކުގައި އިމްތިޙާނު މިއަދު ފަށައިފިއެވެ.
20 Sep 2026
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.
20 Sep 2026
ކަންބޮޑުވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.