ތ.ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލައިފި

21 May 2020 | 04:50

ތ.ގުރައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ.

ފުލުހުން ބުނީ ތ.ގުރައިދޫގައި ބިދޭސީންތަކެއް އުޅެމުންދާ ގެއެއްގެ ތެރޭގައި މާރާމާރީ ހިންގާފައިވާ ކަމަށާއި، އެ މާރާމާރީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:00 ހާއިރުގައެވެ.

މި މީހާ ޒަޚަމްތަކަކާއި އެކު އެރަށު ސިއްހީ މަރުކަޒަށް ގެންދެވުނު އިރުގައިވެސް ވަނީ މަރުވެފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement