ހަބަރު
05 Jun 2020 | 19:16
ކޮވިޑް-19 ގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ވޮއިސްގެ ބެންގާލީ އެޑިޝަން ލޯންޗުކޮށްފި

ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ މަސައްކަތްތެރިންގެ އެންމެ ބޮޑު އާބާދީކަމުގައިވާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާޒުކޮށް، ވޮއިސްގެ ބެންގާލީ އެޑިޝަން (www.voice.mv/bn) އިފްތިތާހްކޮށްފިއެވެ.

މި އެޑިޝަން އުފެއްދުމުގެ މަގްސަދަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ މައުލޫމާތާއި އަދި އެކަމާއި ގުޅިގެން ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ މައުލޫމާތު ބިދޭސީންނަށް އެފަރާތްތައް ބަސްމޮށެ އުޅޭ ބަހުން ފޯރުކޮށްދިނުމެވެ.

ވޮއިސް ބެންގާލީ އެޑިޝަނާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ވޮއިސްގެ ޗީފް އެޑިޓަރ ޝަފްރާޒް އަހުމަދު ހުސައިން ވިދާޅުވީ މި އެޑިޝަން މެދުވެރިކޮށް ބިދޭސީންނަށް ކޮވިޑް-19ގެ ކަންތައްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެވިގެން ދާނެކަމަށާއި، މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ނޫހެއްގެ އެޑިޝަނެއް ހެދިގެންދާ ފުރަތަމަ ފަހަރުކަން އުފަލާއި އެކު ފާހަގަކުރައްވާ ކަމަށެވެ.

ޝަފްރާޒް ވިދާޅުވީ މި އެޑިޝަނަށް ބޭނުންވާނެ ޚަބަރުތައް ތަރުޖަމާކުރުމުގެ މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީން ކަމަށާއި، އެފަރާތްތަކުގެ ލިޔުންތައް ޝާއިއުކުރުމުގެ ކުރިން ވޮއިސް އެޑިޓޯރިއަލް އިން އިތުރަށް ބެލުމަށްފަހު ހަބަރުތައް ޝާއިއުކުރެވިގެންދާނެއެވެ. މިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މި އެޑިޝަންގެ މަސައްކަތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ދެއްވާ އެހީތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ވޮއިސްގެ މުޅި ޓީމްގެ ނަމުގައި ޝުކުރު އަދާކުރަމެވެ. ބެންގާލީ އެޑިޝަން ނެރެމުން ދަނީ ސަރުކާރު އޮފީސްތައް ބަންދު ވުމުގެ ސަބަބުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ބެންގާލީ ބަހުން ނޫސް ނެރުމަށް ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ވޮއިސް ބެންގާލީ އެޑިޝަން ލޯންޗްކުރުމާއި އެކު މި ނޫސް ވެގެންދާނީ ދިވެހިރާއްޖޭގައި ތިން ބަހުން ޚަބަރުތައް ޝާއިއުކުރާ ފުރަތަމަ މީޑިޔާއަށެވެ.

މި ފުރުސަތުގައި ކޮވިޑް-19ގެ ޚަބަރުތަކާއި އަދި އެހެނިހެން ޚަބަރުތަކަށްވެސް ކިޔުންތެރިންގެ ފަރާތުން ވޮއިސްއަށް ލިބޭ އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އަދި ވޮއިސްގެ އެހެނިހެން އެޑިޝަންތައް ފަދައިން މި އެޑިޝަނަށްވެސް ކިޔުންތެރިންގެ ބަލައިގަތުން ލިބޭނެކަމަށް އުންމީދުކުރަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.