11 Jun 2020 | 14:23
ޗައިނާއިން އަނެއްކާވެސް ރާއްޖެއަށް އެހީ ފޯރުކޮށްދީފި

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ރާއްޖެއަށް އެހީތެރިވުމަށް ޗައިނާއިން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކް، ސަރޖިކަލް މާސްކް، ޑިސްޕޯސަބަލް ކަވަރޯލް އަދި މެޑިކަލް ގޮގްލްސްއެވެ. އެގޮތުން މީގެ ކޮންމެ އެއްޗެއްގެ 5000 ޕީސް ވަނީ ފޯރުކޮށްދީފައެވެ. މި އެހީއަކީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު އިތުރު ފަސޭހައެކެވެ.

ކޮވިޑް-19 ފެތުރެން ފެށީއްސުރެ މެދު ނުކެނޑި ޗައިނާއިން ގެންދަނީ ރާއްޖެއަށް އެހީވަމުންނެވެ.

 މީގެ ކުރިންވެސް ޗައިނާ ސަރުކާރާ ބައެއް ވިޔަފާރި ކުންފުނިތަކުގެ ފަރާތުން ރާއްޖެއަށް ގިނަ އެހީތަކެއް ވަނީ ލިބިފައެވެ. އެގޮތުން ޗައިނާ ސަރުކާރާއެކު ރާއްޖެއަށް އެހީވި ވިޔަފާރިތަކާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނެނީ އަލީބާބާ ކުންފުނީގެ ވެރިޔާ ޖެކް މާ، ޗައިނާ މާޗެންޓް ޕޯޓްސް ގްރޫޕް، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން، ބެއިޖިން އަރބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމްޕެނީ، ޑޮންގްފެންގް އިލެކްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ، ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިން ކޮމްޕެނީ އަދި ހުއާވޭ ޓެކްނޮލޮޖީޒް އެވެ.

ރާއްޖެގޭ ޙާލަތާ ގުޅޭ ގޮތުން މިހަފްތާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.