14 Jun 2020 | 11:33
މެސީގެ މޮޅުކުޅުމާއެކު ބާސާ މޮޅުވެއްޖެ

ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފަ އޮތް ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާފައިވާއިރު ބާސާ ވަނީ އެޓީމް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ.

މަޔޯކާއާއި ދެކޮޅަށް އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ބާސާ ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި ވިދާލް ޖެހި ގޯލާއެކު ބާސާ ކުރި ހޯދިއިރު ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް އެޓީމުގެ ލީޑް ދެ ގޯލަށް ފުޅާކޮށްދިނީ މާޓިން ބްރެއިތްވޭއިޓް އެވެ.

މުޅި މެޗް ޑޮމިނޭޓް ކުރަމުން ގެންދިޔަ ބާސާގެ ތިންވަނަ ގޯލް ޖެހީ ބާސާގެ ފުލްބެކް ޖޯޑީ އަލްބާއެވެ. އަދި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބު ކޮށްދިނީ މެސީ އެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ގޯލެވެ. އޭގެ އިތުރުން މިއީ ލީގުގައި އޭނާ 20 ގޯލް ޖެހި 12 ވަނަ ސީޒަންކަން ފާހަގަކޮށްލަން ޖެހެއެވެ. މެސީގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ބާސާގެ ދެވަނަ އަދި ތިންވަނަ ގޯލުގެ އެސިސްޓް ހަދާފައިވަނީވެސް އޭނާއެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމައި ދުރަށްދާން ޖެހުނު ލުއިސް ސައުރޭޒްވެސް މެޗުގެ ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވެއެވެ.

މިނަތީޖާއާއެކު 28 މެޗުން ލިބުނު 61 ޕޮއިންޓާއެކު ބާސާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއް މެޗް މަދުން ކުޅެ 56 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ދެވަނައިގައެވެ.

ސަޕޯޓަރުން ނުވައްދާ މެޗުތަށް ކުޅެން ފައްޓާފައިވާއިރު ސްޕެނިޝް ލީގުގެ ރައީސް ވަނީ ދުރުނޫން މުސްތަގްބަލެއްގައި ސަޕޯޓަރުން ދަނޑަށް ވައްދައިގެން މެޗުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަން އެގައުމުގެ ސަރުކާރާއި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނީ ސީޒަން ނިމުމުގެ ކުރިން މަދުވެގެން 10 ނޫނީ 15 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވައްދައިގެން މެޗުތައް ކުޅެވުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.