24 Jun 2020 | 20:54
ހިޔާ ފްލެޓުގެ ޓަވަރެއްގައި އުޅޭނެ މީހުންގެ އަދަދު ރައީސްއަށް އޮޅިވަޑައިގެންފި

އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ނޫސްވެރިންނާއި ބައްދަލުވުމުގައި "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓުގެ ޓަވަރެއްގައި 5000 ވަރަކަށް މީހުން ދިރިއުޅޭނެ ކަމަށެވެ.

މިއަދަދު މިއީ އަސްލު އަދަދާއި ވަރަށްބޮޑަށްވެސް ތަފާތު އަދަދަކަށްވާތީ ވަރަށް ގިނަ ބަޔަކުވަނީ މީސް މީޑިއާގައި ރައީސް ޖެއްސެވި ހިސާބަށް ފާޑު ކިޔާފައިއެވެ. އެހެންކަމުން ހިޔާ ފްލެޓްގެ ހަޤީގަތަށް ބަލާލަންޖެހެއެވެ.

ހިޔާ ފްލެޓު ތަކުގައިވަނީ މިހެންނެވެ. ޖުމްލަ ހުރީ 16 ޓަވަރެވެ. އޭގެ ތެރޭގައި އުޅެނީ ދެ ޑިޒައިނެކެވެ.

ފުރަތަމަ 10 ޓަވަރުގައި ކޮންމެ ޓަވަރެއްގައި ހުންނާނި ދެ ކޮޓަރީގެ 392 ދެ އެޕާޓުމަންޓެވެ. ކޮންމެ އެޕާޓުމަންޓެއްގައި 6-4 މީހުން އުޅޭނަމަ އެއް ޓަވަރުގައި އުޅޭނީ 2352-1568 މީހުންނެވެ. މި ޓަވަރު ތަކުގައި ހުންނާނީ 3 ލިފްޓެވެ.

ބާކީ ހުރި 6 ޓަވަރުގައި ހުންނާނީ 2 ކޮޓަރީގެ 490 އެޕާޓުމަންޓެވެ. ކޮންމެ އެޕާޓުމަންޓެއްގައި 6-4 ވަރަކަށް މީހުން އުޅޭނަމަ ޓަވަރެއްގައި އުޅޭނީ 2940-1960 މީހުންނެވެ. މި ހަ ޓަވަރުގައި ހުންނާނީ 4 ލިފްޓެވެ.

ލިފްޓު ތަކުގެ ސައިޒަށް ބަލައިލާއިރު މިއީ އާއްމުކޮށް މާލޭ ގެތަކުން ފެންނަ ލިފްޓާއި ހިލާފަށް އެއްފަހަރާ 14 މީހުންނަށް އެރޭ ވަރުގެ ބޮޑެތި ލިފްޓަތެކެވެ. މިވަރު ލިފްޓު ގިނަ ބަޔަކަށް ފެނިފައި ހުންނާނީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުންނެވެ. މި ލިފްޓުތަކުގެ ސްޕީޑަށް ބަލާއިރު އެންމެ މަތިން ތިރިއަށް އަންނަން ނަގާނީ 35 ސިކުންތެވެ. ޓަވަރެއްގައި ހުންނަން ޖެހެނީ ކިތައް ލިފްޓުކަން ކަނޑައަޅާ އުސޫލުތަކެއް ވެއެވެ. އެއީ މީހުންގެ އަދަދާއި، ލިފްޓުގެ ބޮޑު މިނާއި، އޭގެ ސްޕީޑު އަދި އެ ޕްރޮގްރާމްކޮށްފައި ހުންނަ ގޮތަށް ބަލައި ކަނޑައަޅާ އެއްޗެކެވެ. ހިޔާ ފްލެޓުގެ މަޝްރޫއު ގައި ބޭނުން ކޯށްފައިވަނީ އިނގިރޭސި ވިލާތުގެ ސްޓޭންޑާޑެވެ.

ޓަވަރެއްގައި 5000 މީހުން އުޅޭނެކަމަށް ރައީސް ވިދާޅު ވި އިރު މިހިސާބުތައް އެއްގޮތަކަށްވެސް ދިމަލެއް ނުވެއެވެ. އަދި 5000 މީހުން އުޅޭނެ ކަމަށް ބަލައި ލިފްޓަށް އަރަން 2 ގަޑިއިރު ކިއު ލައިންގައި ތިބެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުންވެސް ދިމަލެއް ނުވެއެވެ. އެއްބަޔަކު މީސް މީޑިއާގައި ވިދާޅުވަނީ ރައީސް އިތުރުފުޅެއް ނަހައްދަވާނެ ކަމަށެވެ. އެވާނީ އޮޅިވަޑައިގަތީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.