25 Jun 2020 | 11:07
ޓޫރިޒަމަށް ހުޅުވާލައިގެން ހުރިހާ ފަތުރުވެރިން ޓެސްޓެއް ނުކުރެވޭނެ: އަލީ ވަހީދު

ނިއު ނޯމަލްގައި ދިވެހިރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިކަމަށް ހުޅުވާލާއިރު، ހުރިހާ ފަތުރުވެރިން ޓެސްޓް ނުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރޭ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަނީ ޗުއްޓީ ހޭދަކުރަންކަމަށާއި، އެފަރާތްތަކުގެ އަލާމާތެއް ނެތްނަމަ ކޮންމެ މީހެއް ޓެސްޓް ކުރުމަކީ ފަތުރުވެރިކަމަށް ހުޅުވާލައިގެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެބޭފުޅާ ވިދާޅުވީ މާލޭ އެއާޕޯޓްގައި ޖައްސާ ފްލައިޓްތައް ވިހި މިނެޓުން ކްލިއަރކުރުމުގެ މަސައްކަތް ކުރާނީ ވަރަށް ރައްކާތެރިކަމާ އެކުގައިކަމަށާއި، ކިރިޔާވެސް އަލާމާތެއް ހުރި މީހުން ޓެސްޓްކުރުމުގެ އިތުރުން ރޭންޑަމް ސާމްޕްލިންގވެސް ހަދާނެކަމަށެވެ. އަދި ބަލި ރާއްޖެއަށް އައުން ނުހުއްޓުވޭނެކަން ގަބޫލުކުރަން ވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

"ގަބޫލުފުޅު ކުރައްވަންވާނެ ދުނިޔޭގައި މި ބަލި އޮތްހާ ހިނދަކު ބަލި ހަމަ މިކޮޅަށް އިމްޕޯޓްވެސް ވާނެ، މިކޮޅުން އެކްސްޕޯޓްވެސް ވާނެ. މިކޮޅުގަވެސް އެބައޮތް. އެހެންވީމަ އެ ރިއަލިޓީ ގަބޫލުކުރަން ވާނެ"، މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތައް ހުޅުވާލަމުންދަނީ އެކި ގޮތްގޮތަށެވެ. އެގޮތުން ބައެއް ގައުމުތަކުގައި ހުރިހާ އެންމެން ޓެސްޓްކުރަން ނިންމާއިރު، އަނެއްބައި ގައުމުތަކުގައި ޓެސްޓެއް ހިފައިގެން އަންނަ ގޮތަށްވެސް ހަމަޖައްސާ ކަމަށެވެ. އަދި ރާއްޖޭގެ ނިންމުން ނިންމާފައިވަނީ ޓެގް ޓީމާއި، އެޗްޕީއޭ އަދި ކަމާއިގުޅޭ ވުޒާރާތަކުގެ މަޝްވަރާގެ ދަށުން ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ ފަތުރުވެރިކަމަކަށް ހުޅުވާލާއިރު ހުޅުވާލަންވާނީ ފަތުރުވެރިކަމަކަށް ކަމަށާއި، ހެޒްމެޓް ސޫޓާއި އެކު ލެބޯޓްރީއެއްގެ ގޮތަށް ނޫންކަމަށެވެ. އަދި މީގެ ކުރިން ބައެއް ފަރާތްތަކުން ދިވެހިރާއްޖެ ކަރަންޓީން ޓޫރިޒަމަށް ހުޅުވާލަން ޚިޔާލު ހުށައެޅިކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jul 2026
ޓެލެގްރާމްގެ ބާނީގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވުމުގެ ދައުވާ އުފުލައިފި
ޓެލެގްރާމްގެ ބާނީ ޕާވެލް ޑުރޯވްގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވިކަމުގެ ދައުވާ އުފުލައި ރަޝިޔާއިން ބައިނަލްއަޤުވާމީ ހައްޔަރު އަމުރެއް ނެރެފައިވާ އިރު، ޓެލެގްރާމުން މިކަން ދޮގުކޮށްފައިވެއެވެ.
30 Jul 2026
ކަޝްމީރުގެ އިންތިޚާބާ ދިމާކޮށް ހިނގި ކުރިމަތިލުންތަކުގައި ގިނަ ބަޔަކު މަރުވެއްޖެ
ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގެ ސަރަހައްދީ އިންތިޚާބާ ދިމާކޮށް ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޖަމާއަތަކުން ބުނެފިއެވެ.
30 Jul 2026
އީރާނަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި
ފާއިތުވި ދުވަސް ތަކުގެތެރޭގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަލާބަދަލުކުރުންތައް އިތުރަށް ފުޅާވެ، ސަރަހައްދުގެ ގިނަ ގައުމުތަކަކަށް އޭގެ އަސަރު ފޯރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ އަސްކަރިއްޔާއިން ބުދަ ދުވަހުގެ ރޭ އީރާނަށް އާ ހަމަލާތަކެއް ދީފިއެވެ.
30 Jul 2026
އެމްޑީޕީން އިސްރާއިލަށް ތާއީދެއް ނުކުރާނެ: ރައީސް ނަޝީދު
އެމްޑީޕީ ސަރުކާރުތަކުން ރާއްޖޭގެ ވެރިކަމަށް އައިސް ތަންފީޒު ކުރީ ޕްރޯ-އިސްރާއިލް ސިޔާސަތު ކަމަށް ވިދާޅުވެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.