Advertisement

ރައީސް ޔާމީންގެ މައްޗަށް އަނެއްކާވެސް މަނީ ލޯންޑްރިންގގެ މައްސަލައެއް!

28 Jun 2020 | 21:11

މިނިސްޓްރީ އޮފް ޓޫރިޒަމް އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަަރައްގީކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ކްރިމިނަލް ކޯޓެއް މައްސަލައެއް ވައްދައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒުކޮށްގެން މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މަތީގައި ބަޔާންވެފައިވާ ދެމީހުންނާއި ދެ ކުންފުންޏަށްވެސް ވަނީ މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފައެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނާއި، އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން މެދުވެރިކޮށް ކަމަށެވެ. 

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ ހގެ ދަށުން އެ މާއްދާގެ ރގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އަދި އެ ގާނޫނުގެ 5 ވަނަ މާއްދާގެ ހގެ 3 ވަނަ ނަންބަރާއި ހަވާލާދީ، އެ ގާނޫނުގެ 53 މާއްދާގެ ށގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެވެ. 

Advertisement

ކޮމެންޓް