14 Jul 2020 | 20:03
އަދީބުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަނީ، ޕީޖީގެ ނުރުހުން ގާޒީއަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިނިނަލް ކޯޓުގައި އުފުލާފައިވާ ހުރިހާ ދައުވާތަކެއް ބާތިލްކަމަށް ނިންމުމުން، އެ މައްސަލަ އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްެއުސްތާޛު ހުސައިން ޝަމީމެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލަ މިއަދު ނުވަތަ މާދަމާގެ ހެނދުނު ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެކަމަށެވެ. ޝަމީމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު މައްސަލައިގައި ހުކުމް ކުރެއްވިގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެބޭފުޅާގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ގާޒީ އިސްމާއިލް ރަޝީދު ކުރެއްވި ހުކުމްގައި ޕީޖީއިން ހުށަނާޅާ ލިޔެކިޔުންތަކުން ހުށަނާޅާ މައުލޫމާތުތަކަށާއި، ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުނުވާ ބަސްތަކަކަށް ރިއާޔަތްކުރައްވާފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. އެއީ ގާނޫނީގޮތުން ހަމަޖެހޭ ގޮތެއްކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މި މައްސަލައިގެ ހުކުމްގައި ގާޒީ އެންމެ ތިންް ފޮޅުވަތް ލިޔުއްވާފައިވާތީވެސް ޕީޖީ ޝަމީމް އެކަމާއި މެދު ސުވާލު އުފެއްދެވިއެވެ. އެގޮތުން އެ ހުކުމް ކުރެއްވި ސަބަބެއް، ހަވާލާދެއްވި މާއްދާއެއް، އަދި ބާތިލް ކުރެއްވީ ކިހިނެެތްކަން އެނގޭކަށް ނެތްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.
27 Jul 2026
މާފުށީގައި ޕެރެސެއިލިން އެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް
މި ހާދިސާގައި މޫދަށް ވެއްޓުނު މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ
27 Jul 2026
އިސްރާއިލް ސިފައިން ފަރުވާ ހުރަސްއެޅުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ.
27 Jul 2026
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.
27 Jul 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންހެންމީހާ ހުރި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސި ވެފައިވާކަން ވަގުތީ ނަތީޖާއިން ދައްކައެވެ.
27 Jul 2026
މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 15:00 އަށެވެ.