20 Jul 2020 | 13:37
ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ 6 މާރިޗު 2020ގައި އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދަތުރުކުރުމަށްފަހު، 30 ޖޫން 2020ގައި އެނބުރި ރާއްޖެ އައި ކުޑަކުދިންގެ ހިޔާގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކުވަނީ، 20 ޖުލައި 2020ގައި ކޯވިޑް-19 ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނިގޮތުގައިި އުމުރުން 12 އަހަރުގެ މި ކުއްޖާއަކީ އަބަދުވެސް ބަލި ކުއްޖެއްކަމުންނާއި، އޭނާގެ ބަލީގެ ބާވަތުން، އޭނާއަށް ގަވާއިދުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަންޖެހޭ ކަމަށެވެ.

މި ކުއްޖާ 30 ޖޫން 2020ގައި އެނބުރި ރާއްޖެ އައުމަށްފަހު ވަނީ 16 ދުވަސް ވަންދެން ކުޑަކުދިންގެ ހިޔާގައި ކަރަންޓީނު ކޮށްފައެވެ. އަދި، ކޯވިޑް-19އަށް ޓެސްޓު ކުރުމަށްފަހު، 16 ޖުލައި 2020ގައި ލިބުނު ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ނަމަވެސް، އެ ކުއްޖާއަށް ޞިއްޙީ އިތުރު މައްސަލަތަކެއް ކުރިމަތިވެ، 18 ޖުލައި 2020ގައި އޭނާވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައެވެ. އަދި، އެ ހޮސްޕިޓަލުން އިރުޝާދު ދީފައިވަނީ އިތުރު ފަރުވާ ކުރުމަށް އޭނާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް.)އަށް ދެއްކުމަށެވެ. އަދި، އެ ހޮސްޕިޓަލަށް އޭނާ ބަދަލުކުރުމަށްފަހު، 19 ޖުލައި 2020 ދުވަހުގެ ރޭ ހެދި ކޯވިޑް-19 ޓެސްޓުގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު، ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިކަމާއި ގުޅިގެން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކުއްޖާގެ ކޮންޓެކްޓް ޓެރޭސިންގ ގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.