އއ. ތޮއްޑޫ
05 Jun 2024
ތޮއްޑޫ ދަނޑުވެރިން މުޒާހަރާ ކުރަނީ
އއ. ތޮއްޑޫ ކައުސިލުން، ފާސްނުކުރާ ލޭންޑް ޔޫސް ޕްލޭނަކަށް އަމަލުކުރަން މަސައްކަތްކުރާތީ ތޮއްޑޫ ދަނޑުވެރިން ކައުންސިލް އިދާރާ ކައިރި މުޒާހަރާ ކުރަން ފަށައިފިއެވެ.
21 Apr 2024
ތޮއްޑޫ އާއި ރަސްދޫގެ އިހުތިސާސުގައި ފަޅެއް ހިމަނައިފި
އއ.ތޮއްޑޫ އާއި އއ. ރަސްދޫގެ އިހުތިސާސުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ފަޅެއް ހިމަނައިފިއެވެ.
24 Feb 2024
ޝާހިދުގެ ފުރަތަމަ ދަތުރުފުޅު ހުސެން ސަމީރުގެ ކެމްޕެއިނަށް އުކުޅަހަށް
ދާދިފަހުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ކުރީގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދުގެ ފުރަތަމަ ދަތުރުފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށެވެ.
30 Jan 2024
ތޮއްޑޫ ބަލިކޮށް ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި މަތިވެރި ފައިނަލަށް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ އއ. އަތޮޅުގެ އަތޮޅު ބުރުގައި ހޯމަ ދުވަހުގެ ރޭ 6-2 ގެ ނަތީޖާއަކުން ތޮއްޑޫ ބަލިކޮށް ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި މަތިވެރިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
25 Jan 2024
ތަފާތުބޮޑު ނަތީޖާއަކުން ތޮއްޑޫ ބަލިކޮށް ބޮޑުފޮޅުދޫ އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" އއ. އަތޮޅުގެ އަތޮޅު ބުރުގައި 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ތޮއްޑޫ ބަލިކޮށް ބޮޑުފޮޅުދޫ އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
20 Jan 2024
ފަސޭހަކަމާއި އެކު ފެރިދޫ ބަލިކޮށް ތޮއްޑޫ އިން މުބާރާތް ފެށީ އިތުބާރާއެކު
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" އއ. އަތޮޅުގެ އަތޮޅު ބުރުގެ ފުރަތަަމަ މެޗުގައި ތޮއްޑޫ އާއި ފެރިދޫ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތޮއްޑޫ އިން މުބާރަތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
28 Aug 2023
"ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ އަޅުގަނޑު"
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއި ކުރެވުނު މަޝްރޫޢު އެއް ކަމަށާ، އަދި ސިނަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ނެތް ކަމަށް ނުވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
28 Aug 2023
"ޤާސިމް، ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިދޭނެ"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަކީ ރައްޔިތުންގެ މުދަލާއި ފައިސާ، އަމާނާތްތެރިކަމާއެކު ބަލަހައްޓައިދެއްވާނެ ފަރާތެއް ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.