ޝާހިދުކުރެއްވި ދަތުފުޅުގެ ތެރެއިން
ހަބަރު
24 Feb 2024 | 21:57
އެމްޑީޕީގެ ރައީސްކަމުގައި ޝާހިދުގެ ފުރަތަމަ ދަތުރުފުޅު ހުސެން ސަމީރުގެ ކެމްޕެއިނަށް އުކުޅަހަށް

ދާދިފަހުން އެމްޑީޕީގެ ރައީސްކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި ކުރީގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދުގެ ފުރަތަމަ ދަތުރުފުޅެއްގެ ގޮތުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އ.އަތޮޅަށް ވަޑައިގެންފިއެވެ.

އެގޮތުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އއ އުކުޅަހަށެވެ. އެރަށުން ޝާހިދު އަށާއި އެމްޑީޕީގެ ޓީމަށް މަރުޙަބާ ވިދާޅުވީ ސަމީރުގެ އިތުރުން އުކުޅަސް ކައުންސިލް ރައީސް ޝައުކަތު އިބްރާހިމާއި އަދި ދާއިރާގެ އެމްޑީޕީ ކެމްޕޭން ޓީމެވެ.

އުކުޅަހުން އެމްޑީޕީގެ އާ ރައީސް ޝާހިދުއަށް ދެންނެވި ހޫނު މަރުހަބާއަށް އެބޭފުޅާ ވަނީ ޓުވިޓާ މެދުވެރިކުރައްވާ އެފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ. ހަމަ އެއާއި އެކު ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ސަމީރަށް ވޯޓްދިނުމަށްވެސް އެދި ވަޑައިގެންފައެވެ.

" ރާއްޖޭގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ހުސެއިން ސަމީރު ކެންޑިޑޭޓް ނަމްބަރ 4 އަށް އެންމެހާ ބޭފުޅުން ވޯޓްދެއްވާ" އެމްޑީޕީގެ އާ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

އުކުޅަހަށް ވަޑައިގަތުމަށްފަހު ޝާހިދު ވަނީ އެރަށު ބަނދަރުމަތީގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވާފައެވެ. އަދި މިސްރާބު ހަމަމަގަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ކެމްޕޭން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ކެމްޕޭން ޓީމާއެކު މަޝްވަރާކުރައްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ސަމީރު ގެންދަވަނީ ވަރަށް ވަރުގަދަ ކެންޕެއިނެއް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.