ބޭންކް އޮފް މޯލްޑިވްސް
03 May 2026
ބީއެމްއެލް ފަންޑް އެހީން ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް
މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ.
02 May 2026
މީހުންގެ ޑެބިޓްކާޑުތައް ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުންކުރުން ހުއްޓުވަނީ
ޝަރީފް ވިދާޅުވީ، އެ ބޭންކުން ރައްޔިތުންނަށް ދެމުންގެންދާ ބޭންކިން ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ބައެއް ހިދުމަތްތަކުގެ އުސޫލްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އެހެން މީހުންގެ ދެބިޓް ކާޑުތައް ހިފައިގެންގޮސް ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމާއި ޕީއޯއެސްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ހުއްޓުވުމަށް ނިންމަވާފައިވާކަމަށް
30 Apr 2026
ބީއެމްއެލްއިން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެއެވެ. ބީއެމްއެލް އެކެޑަމީ އަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ.
23 Apr 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އައު ހޯމް ފައިނޭންސިންއެއް
ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެމުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމްފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.
21 Apr 2026
ބީއެމްއެލްގެ ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގާކަމުގެ ތުހުމަތުތައް ބީއެމްއެލްއިން ދޮގުކޮށްފި
ބީއެމްއެލްއިން ރަސްމީކޮށް މީގެ ކުރިން ހާމަކޮށްފައިވާ ގޮތަށް، 1 ޖުލައި 2025 އިން ފެށިގެން، ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން 30 އިންސައްތަ އާއި ހަމައަށް ފީއެއް ނުނަގާކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.
21 Apr 2026
ބީއެމްއެލްގެ ލޯނު ދޫކުރާ އުމުރު 75 އަހަރަށް މަތިކޮށްފި
ބީއެމްއެލްއިން މިކަން އިއުލާންކޮށްފައިވަނީ، މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ، މުހައްމަދު ޝަރީފްއެވެ.
21 Apr 2026
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ރެކޯޑް ނަތީޖާއެއް ހޯދައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ މާލީ ނަތީޖާ އާންމުކޮށްފިއެވެ. މި ނަތީޖާއަކީ ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެކެވެ.
16 Apr 2026
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް
މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުންވި އެއްބަސްވުމެކެވެ