ބީއެމްއެލް- ފޮޓޯ/ ވޮއިސް
ވިޔަފާރި
08 Jun 2026 | 09:13
އިގުތިސާދީ ކުރިއެރުމާއެކު ފިޗުން ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ބަލައިގެންފި

ދިވެހިރާއްޖޭގެ މާލީ ހާލަތާއި ބޭރުގެ ގޮންޖެހުންތައް މެނޭޖްކުރުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން އަދާކުރާ މުހިންމު ދައުރަށް ބަލައި، ފިޗް ރޭޓިންގްސްއިން ބީއެމްއެލް އަށް ކްރެޑިޓް ރޭޓިންގ ދީފިއެވެ.

ފިޗުން ބީ.އެމް.އެލްގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) އަށް ދީފައިވަނީ 'ސީސީސީ-' އެވެ. އަދި ބޭންކުގެ އައުޓްލުކް ވަނީ 'ސްޓޭބަލް' ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ އައުޓްލުކްއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން، ބޭންކުގެ 'ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު' އަށް 'ސީސީސީ+' ދީފައިވާއިރު، މިއީ ރާއްޖޭގެ ސޮވަރިން ރޭޓިންއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.

މި ރޭޓިންއަކީ 3 ޖޫން 2026 ގައި ފިޗުން ރާއްޖޭގެ ސޮވަރިން ރޭޓިން 'ސީސީ' އިން 'ސީސީސީ-' އަށް މަތިކުރުމާ ގުޅިގެން ދީފައިވާ ރޭޓިންއެކެވެ. ރާއްޖޭގެ ރޭޓިން މަތިކުރީ އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެންނެވެ.

ބީ.އެމް.އެލް ގެ ރޭޓިންއާ ގުޅޭގޮތުން ފިޗުން ފާހަގަކޮށްފައިވަނީ، ބޭންކުގެ ޖުމްލަ ރޭޓިންއަކީ ގައުމުގެ ސޮވަރިން ރޭޓިންގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވީނަމަވެސް، ބޭންކުގެ އަމިއްލަ މާލީ ހާލަތު ވަރުގަދަ ކަމަށެވެ. އަދި ރާއްޖޭގެ ބޭންކިން ދާއިރާގައި ބީއެމްއެލްގެ ހިއްސާ ބޮޑުކަމާއި، ބާޒާރުގައި އޮތް ވަރުގަދަ މަގާމާއި ވާދަވެރިކަމަށް ލިބިފައިވާ ކުރިއެރުންތައް އެ އޭޖެންސީން ފާހަގަކުރިއެވެ.

ބީ.އެމް.އެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަށްވާއިރު، އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އެހީތެރިވުމުގައި އެ ބޭންކުން މަރުކަޒީ ދައުރެއް އަދާކުރެއެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ބޭންކުގެ ވިއުގައާއި ޑިޖިޓަލް ވަސީލަތްތަކަކީ ގައުމުގެ މާލީ އަދި އުމްރާނީ ތަރައްގީގެ މުހިންމު ބައެކެވެ.

ފިޗުން ވަނީ ބޭންކުގެ ރައުސްމާލުގެ ވަރުގަދަކަންވެސް ފާހަގަކޮށްފައެވެ. މިއީ ބޭންކަށް ލިބޭ ފައިދާއިން ރައުސްމާލު އިތުރުކުރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ޑިވިޑެންޑް ޕޮލިސީގެ ނަތީޖާކަމަށް ފިޗުން ބުނެއެވެ. މީގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް އެހީތެރިވަމުންވެސް، ކުއްލި ހާލަތްތަކަށް ބޭނުންވާ މާލީ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭންކަށް މަގުފަހިވެއެވެ.

ބީ.އެމް.އެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ރޭޓިންއަކީ ކުދި ޖަޒީރާ ގައުމެއްގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ބޭންކުގެ މާލީ ދުޅަހެޔޮކަމާއި ހަރުދަނާކަން ހުރި މިންވަރު ދައްކުވައިދޭ ހެތްކެއް ކަމަށެވެ.

ބީއެމްއެލްއަށް ލިބުނު މި ރޭޓިންގެ ސަބަބުން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އެހީތެރިވާ އިތުބާރު ހުރި މާލީ އިދާރާއެއްގެ ގޮތުގައި އެ ބޭންކުގެ މަގާމު އިތުރަށް ވަރުގަދަވެގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.