ސަރުކާރުގެ އިސް ތަރުޖަމާނު މުންދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
07 May 2026 | 14:23
ޑޮލަރުގެ މުޢާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލާ، ސަރުކާރުން ދެއްކި ދަރަންޏާ ގުޅުމެއް ނެތް: ތަރުޖަމާނު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކާޑު ތަކުންަ ޑޮލަރުގެ މުޢާމަލާތް ކުރާ އުސޫލަށް ގެނައި ބަދަލާ، ސަރުކާރުން މިމަހު ދެއްކި ބޮޑު ދެ ދަރަންޏާ އެއްވެސް ގުޅުމެއް ނެތް ކަމުގައި އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ. 

މިދިޔަ އެޕްރީލް މަހުގެ ދެ ވަނަ ދުވަހު ސަރުކާރުން ވަނީ 524 މިލިޔަން ޑޮލަރުގެ ސުކޫކެއް ދައްކާފައެވެ. އަދި 23 އެޕްރީލުގައި އިންޑިއާއަށް ވަނީ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ދައްކާފައެވެ. 

އެފަހުން މިމަހު ބީއެމްއެލުން ވަނީ މީހުންގެ ޑެބިޓްކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށްގޮސް ކުރާ ކާޑުގެ މުއާމަލާތްތައް ހުއްޓުވުމަށް ވިޔަވަޅުތަކެއް އެޅުމަށް ނިންމިކަން މިދިޔަ ހޮނިހިރުދުވަހު ހާމަކޮށްފައެވެ. މީގެ އިތުރުން އޮންލައިން ސައިޓްތަކުން ވިޔަފާރިކުރަމަށް އެ ބޭންކުގެ ކާޑުތަކަށް މީގެކުރިން ދީފައިވާ ބައެއް ދޫތަށް ވަނީ ހިފަހައްޓާފައެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް ބީއެމްއެލުން ބުނީ، ނަހަމަގޮތުގައި އެ ހިދުމަތްތައް ބޭނުންކުރާ މީހުންގެ އަމަލުތައް ހުއްޓުވުމެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ބީއެމްއެލްއިން މި ފިޔަވަޅު އަޅަންޖެހުނީ ސަރުކާރުން ދެއްކި ދަރަނި ތަކާއިއެކު އައި ޑޮލަރުގެ ތާށިކަމުގެ ސަބަބުން ކަމަށެވެ. 

އިސް ތަރުޖަމާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވަނީ އެވާހަކަ ދޮގުކުރައްވާފައެވެ. 

އަޅުގަނޑުމެން މި ދެއްކި ލޯނުތަކާ ގުޅިގެން އަޅުގަނޑުމެންގެ ކޭޝް ފްލޯއަށް ނާދޭ ލޮޅުމެއް ނުވަތަ ޑިފިކަލްޓީއެއް. ސަރުކާރުން މި ކްލިއާ ކުރި ދަރަނި ކްލިއާ ކުރުމަކާ ބީއެމްއެލްގެ މިކަމަކާ ގުޅުމެއް ނެތް

އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު

ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ގިނައިން ޑޮލަރު ބޭރުކުރަންޖެހޭތީވެ ބީއެމްއެލުން ވަނީ ބޭރުފައިސާގެ މުއާމަލާތްތައް ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ތަންފީޒުކުރަން ފަށާފައެވެ.

އެގޮތުން ކޮންމެ މީހަކަށް މަހެއްގެ މައްޗަށް ކިރެވޭ މުޢާމަލާތް ލިމިޓްކޮށް ހުރިހާ ކަސްޓަމަރުންނަށްވެސް ޑެއިލީ ލިމިޓެއް ވަނީ ކަނޑައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ