ހުކުރު ޚުތުބާ
25 Apr 2025
އަބުރަށް އަރައިގަނެ ފަޟީޙަތްކުރަން ތެދުވެއްޖެނަމަ މާތް الله އެމީހަކު ފަޟީހަތްކުރައްވާނެ
އަދި ﷲ އީ ހިތް ހަރު، ހަރުކަށި މީހުން ދެކެ ކޯފާވެވޮޑިގެންވާ ރަސްކަލާނގެ ކަމަށާ ކުލުނުވެރީންނަށް ކުލުނުވެރި، ކެތްތެރިކަމަށް ލޯބިކުރައްވާ، މީހުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮ ގޮތް މެދުވެރިކުރައްވާ، ޢަދުލުވެރީން ދެކެ ލޯބިވެވޮޑިގެންވާ ޢަދުލުވެރި ރަސްކަލާނގެކަން ޝެއިހް ވަނީ ހުތުބާގައި ފާހަގަ ކުރައްވާފަ އެވެ.
25 Apr 2025
ރިޝްވަތުގެ ގޮތުގައި ހޯދާ މުދަލުން ހިތްހަމަޖެހުމެއް ނުލިބޭނެ: ޚުތުބާ
ރިޝްވަތުގެ ގޮތުގައި ހޯދާ މުދަލުން ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށާ، އެފަދައިން މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑޭ ކަމެއް ކަމުގައި މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.
18 Apr 2025
ހަށިގަނޑުގައި ވަރުހުރި މީހަކު ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެ
ކުރާނޭ މަސައްކަތެއް އޮވެފައި ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Apr 2025
މުދައްރިސުން އެ ކުރާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު
މުދައްރިސުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެއް ކަމަށާ، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
04 Apr 2025
ދީނީ ޢިލްމު އުނގެނުމަކީ، ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެންވާ ކަމެއް
ދީނީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވާ ކަމެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
28 Mar 2025
މުއުމިނުންނަކީ، ވަކި މަހެއްގައި، އަޅުކަންކުރާން ޖެހޭ ބައެއްނޫން: ޚުތުބާ
މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި އެކަނި އަޅުކަންކުރަންޖެހޭ ބައެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
21 Mar 2025
ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން
އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، ލައިލަތުލްޤަދުރި ވިލޭރޭ، އަޅުކަންކުރި މީހުންގެ ފާފަތައް މާތް الله ފުއްސަވައިދެއްވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
14 Mar 2025
ބަދުރު ހަނގުރާމައިން ލިބިދޭ މުހިންމު ފިލާވަޅުތައް
ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ހިނގައިދިޔަ ބަދުރު ހަނގުރާމައިން ގިނަގުނަ ފިލާވަޅުތަކެއް ލިބޭކަން ފާހަގަކޮށް އެ ދިލާވަޅުތަކަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލައިފިއެވެ.