28 Oct 2022
"ވަޒީފާއަށްދާން ހެނދުނާ ހޭލާއިރު ފަތިސްނަމާދަށް ދާން ހޭލަނީ ކިތައް މީހުން؟"
އުފަލާއި ހިތްހަމަ ޖެހުމަކީ މަޤާމަކުން، މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނޭ އެއްޗެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
21 Oct 2022
މިއަދު މިފެންނަނީ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަން: ޚުތުބާ
ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތް ކަމަށާ އެހެންނަމަވެސް މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރެއް ކަމުގައި މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.
14 Oct 2022
ގިނަ ނުބައި ކަންކަމުގެ އަވާގައި ޖެހެނީ ރަހުމަތްތެރިންގެ ސަބަބުން: ޚުތުބާ
ރަހުމަތްތެރިކަންގެ ފަރާތުން ކުރާ ހެޔޮ ކަންތައްތަކުގެ އަސަރަށްވުރެ ނުބައި ކަންތައްތަކުގެ އަސަރު ޢާއްމު ގޮތެއްގައި މާ ވަރުގަދަ ކަމަށާ، ގިނަ ފަހަރަށް ނުބައި އަމަލުތަކުގެ އަވާގައި ޖެހެނީ ރަހުމަތްތެރިންގެ ސަބަބުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
07 Oct 2022
"ސިއްރުތައް ހާމަކުރާ މީހާ ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީލަތް ކުރައްވާނެ"
މީހުންގެ ސިއްރުތަކާއި އުނި ސިފަތައް ހާމަ ކޮށްފި މީހާ، އޭނާގެ ގޭތެރޭގައި ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީޙަތް ކުރައްވާނެ ކަމަށް ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
30 Sep 2022
ލިޔުއްވާފައިވާ ގޮތަށް އެއްވެސް ލަސްވުމެއް ނެތި، އަޖަލު އެމީހަކާ ބައްދަލު ކުރާނެ: ޚުތުބާ
އައްލައުޙުލް މަޙްފޫޘުގައި ލިޔުއްވާފައިވާ ގޮތަށް ލަސްވުމެއް، އަވަސްވުމެއް ނެތި، އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލު ކުރާނެކަމަށް މިއަދު ހުކުރުޚުތުބާގައި ބުނެފިއެވެ.
23 Sep 2022
އެންމެންގެ ސަލާމަތަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ: ޚުތުބާ
ތިމާ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.