ހުކުރު ޚުތުބާ
10 Apr 2026
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑު
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
03 Apr 2026
ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު ތިޔަބައިމީހުން އަތުލާނެ
މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނޭ، އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނޭ ބޮޑު ޙަޤީޤަތެއްކަން ހަނދާންކޮށްދީ، އެ ދުވަހަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޖުތަމަޢަށް ނަޞޭޙަތްތެރިވެއްޖެއެވެ.
27 Mar 2026
މައިންބަފައިންނަށް ކަމޭހިތުމަކީ ދުޢާ އިޖާބަވުމުގެ ސަބަބެއް
މައިންބަފައިންނަށް ކަމޭހިތުމަކީ އިންސާނާ ދުނިޔަވީ މުޞީބާތްތަކުން ސަލާމަތްކޮށްދޭ، ދިރިއުޅުމުގައި ބަރަކާތް އިތުރުކޮށްދޭ އަދި ދުޢާ އިޖާބަކުރެއްވުމުގެ މުހިންމު ސަބަބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
20 Mar 2026
ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ
ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.
13 Mar 2026
މަރު ބައްދަލުކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބެންޖެހޭ: ޚުތުބާ
ތިމާގެ މަރު ތިމާއާ ބައްދަލުކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބެންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
06 Mar 2026
އިސްލާމީ އުންމަތަށް ނަޞްރެއް ލިބޭނީ އެކަތިގަނޑަކަށްވެގެން: ޚުތުބާ
އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ނަޞްރާއި ފަތަޙަ ލިބޭނީ މުޅި އުންމަތް އެކަތިގަނޑަކަށް ވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
27 Feb 2026
ރަމަޟާން މަހަކީ ނަސްރާއި ކާމިޔާބުގެ މައްސަރު
ރަމަޟާން މަހަކީ ނަފުސުގެ ޖިހާދާއި އިސްލާމްދީނުގެ ދުޝްމަނުންގެ މައްޗަށް ބޮޑެތި ނަޞްރުތަކެއް މުސްލިމުން ހޯދި ޖިހާދުގެ މައްސަރުކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
27 Feb 2026
ރަމަޟާންމަހަކީ ކަންނެތްވެ، މަސައްކަތް ހުއްޓާލައި ނިދުމުގެ މަހެއް ނޫން: ޚުތުބާ
ރަމަޟާން މަހަކީ ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓާލައި ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި، އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.