28 Jul 2023
"މުސްލިމުންގެ ބާރު ނެތިގެން ދިޔައީ އަޚުވަންތަކަން ގެއްލުމުން"
އިސްލާމީ އުންމަތް ބައިބައިވެ، މުޝްރިކުންގެ ކުރިމަތީގައި މުސްލިމުންގެ ބާރު ނެތިގެން ދިޔައީ މުސްލިމުންގެ ހިތުގައި އޮތް އީމާންތެރިކަމާއި، މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަކަން ގެއްލުމުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
21 Jul 2023
"ޚުތުބާގައި އާޝޫރާ ދުވަހާއި ގުޅުވައި ސާބިތު ނުވާ ވާހަކަތަކެއް"
މުހައްރަމް މަހުގެ 10 ވަނަ ދުވަސް، އާޝޫރާ ދުވަހާއި ގުޅުވައި ސާބިތު ނުވާ ވާހަކަތަކެއް މިއަދުގެ ޚުތުބާގައި ގެނެސްފައިވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
21 Jul 2023
"ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަދަބު ދެއްވާނެ"
ފިރުޢައުނު ޢަރަޤުކުރެއްވި ހާދިސާއިން އެނގެނީ މާތްالله އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތިކުރައްވާ އެމީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެ ކަން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
14 Jul 2023
"އީމާންކަން ބަލިކަށިވެ، އަޤީދާގައި ރެނދު އަޅައިފިނަމަ ބަލިވާނެ"
މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ، އަޤީދާގައި ރެނދު އަޅައިފިނަމަ އެ ބަޔަކު ބަލިވެގެން ހިނގައިދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
07 Jul 2023
"ލާ ފޭރާމުގެ ސަބަބުން ބޮޑާކަމުގެ ޝިކާރައަކަށް ތިބާ ވެގެން ނުވާނެ"
ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ނަމަވެސް އެފޭރާމުގެ ސަބަބުން އޭނާ ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެންނެއް ނުވާނެ ކަމަށް ޚުތުބާގައި ބުނެފިއެވެ.
30 Jun 2023
ދޭތެރެ ޖެއްސުމަކީ، ކަށްވަޅުގައި ޢަޛާބު ލިބޭ ބޮޑު ފަފާއެއް"
ދޭތެރެ ޖެއްސުމަކީ، ކަށްވަޅުގައި ޢަޛާބު ލިބޭ ނުބައިވެގެންވާ ބޮޑު ފަފާއެއް ކަން މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
23 Jun 2023
"ޢީދުއުފާ ފާޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރުނުވެ"
ޢީދު ދުވަހު އުފާ ކުރުމާއި އުފާ ފައުޅުކުރުމަކީ އިސްލާމްދީން ހުއްދަ ކުރައްވާފައިވާ ކަމެއް ނަމަވެސް، ޢީދު ކުޅިވަރުތައް ކުޅެ އުފާ ފައުޅުކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚްލާގީ އިމުން ބޭރު ނުވާގޮތަށް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
16 Jun 2023
ފިތުނަ ފަސާދަ އުފެއްދުމުން ދުރުހެލިވާން ޖެހޭ: ޚުތުބާ
ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި, މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ބާތިލު ވާހަކަ ދެއްކުމާއި އަދި ފިތުނަ އުފައްދައި، ފަސާދަ ކުރުންފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެތިބޭ ބަޔަކަށް ވުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރުވެއްޖެއެވެ.