14 Nov 2022
"ހައްޔަރުކުރި މީހުން އުޅުނީ އައިއެސް އާއި ގުޅިގެން ގިނަބަޔަކު މަރާލަން"
އައްޑުއާއި މާލެއާއި ކ. ގުރައިދޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން ރާވަމުންދިޔައީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.