20 Sep 2022
ވައްކަމާއި މާރާމީ ގިނަވެ އަމަން ނުބެހެއްޓޭކަން އައްޑޫ ދަތުރުން ފާހަގަވި: ނަޝީދު
ވައްކަމާއި މާރާ މާރީތައް ގިނަވެ އައްޑޫ ސިޓީގެ ރަށްތަކުގެ އަމަން ނުބެލެއްޓޭކަމުގެ ގިނަ ޝަކުވާތަކެއް ލިބިވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
18 Sep 2022
ޑޮލަރެއްގެ އަގު 17ރ. އަށް ބޮޑުކުރަންޖެހޭ: ރައީސް ނަޝީދު
ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓޭނީ ޑޮލަރެއްގެ އަގު 17ރ. އަށް ބޮޑުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
17 Sep 2022
އިންޑިއާ އިން ރާއްޖޭގައި ހިންގާ ކުދި ޕްރޮޖެކްޓްތައް މާރަނގަޅު
އިންޑިއާއިން ރާއްޖޭަގައި ހިންގާ ކުދި ޕްރޮޖެކްޓުތައް މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
17 Sep 2022
އައްޑޫއަށް ހޮސްޕިޓަލެއް ބޭނުންވޭ، މިހާރު ހުރީ ކޮންވެންޝަން ސެންޓަރެއް: ރައީސް ނަޝީދު
އައްޑޫ ސިޓީގައި މިހާރު ހުރީ ކޮންވެންޝަން ސެންޓަރެއް ކަމަށާއި އެ ސިޓީއަށް ހޮސްޕިޓަލެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
17 Sep 2022
އޮފީހަށް ވަންނަން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
އައްޑޫ ސިޓީ އުރީދޫ އޮފީހަށް ވަންނަން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
17 Sep 2022
ބަރުލަމާނީ ނިޒާމެއްގައި ނޫން ގޮތަކަށް ރާއްޖޭގައި ވެރިކަން ހިންގޭނެ ކަމަށް ލަފާ ނުކުރެވޭ: ނަޝީދު
ބަރުލަމާނީ ނިޒާމެއްގައި ނޫން ގޮތަކަށް ރާއްޖޭގައި ވެރިކަން ހިންގޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި، ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
07 Sep 2022
އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލަ ހިއުމަންރައިޓްސް ކޮމިޓީން ސިއްރުކޮށްފި
މިދިޔަ މާޗް މަހުގެ ތެރޭގައި އައްޑޫސީޓީގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެކަމުގެ ޝިކާރައަކަށް ވި ކުއްޖާއަށް އިންސާފު ލިބިފައިވޭތޯ ބެލުމަށް، ކަމާބެހޭ ފަރާތްތައް ހާޒިރުކޮށްގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
03 Sep 2022
ސިވިލް ސާވިސް ކޮމިޝަނުން އެންގުމުންވެސް އައިމިންދައްތަ އަށް ވަޒީފާ ދީފައެއް ނުވޭ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުން އައިމިންދިޔެ (އައިމިންދައްތަ) ވަޒީފާއިން ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ނިންމައި ވަޒީފާ އޭނާއަށް އަނބުރާ ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން އެންގުމުން އެ ސްކޫލުން އެކަމަށް އިންކާރު ކޮށްފައިވާކަން ހާމަވެއްޖެއެވެ.