މަޖިލީހުގެ ރައީސް ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
20 Sep 2022 | 11:00
ވައްކަމާއި މާރާމީ ގިނަވެ އަމަން ނުބެހެއްޓޭކަން އައްޑޫ ދަތުރުން ފާހަގަވި: ރައީސް ނަޝީދު

ވައްކަމާއި މާރާ މާރީތައް ގިނަވެ އައްޑޫ ސިޓީގެ ރަށްތަކުގެ އަމަން ނުބެލެއްޓޭކަމުގެ ގިނަ ޝަކުވާތަކެއް ލިބިވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިއަދު މަޖިލީހަށް ހުށައެޅުނު ކުއްލި މައްސަލައާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށް ފުރުސަތެއް ހޯއްދަވާ ދެއްކެވި ވާހަގައިގައެވެ. 

ނަޝީދު ވަނީ ނިމިދިޔަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވާފައެވެ. އަދި އައްޑުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާއި ބައްދަލުކުރައްވާ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. 

އެ މަޝްވަރާތަކުގެ އަލީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫގެ އަމަން ގެއްލި ވައްކަމާއި މާރާމާރީ ގިނަވެ ރަށުތެރެ ނުބެލެހެއްޓިދާކަން އެއީ އެ ސިޓީގެ ރައްޔިތުން ފާހަގަކުރައްވާކަމަށެވެ. އަދި އެއީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. 

"މި ދިޔަ ހަފްތާ އަޅުގަނޑު އައްޑޫ ސިޓީގެ ގިނަ ރަށްރަަށަށް ދިޔައިމު. އަދި އަޅުގަނޑާ އެ ތަނު ބައެއް މީހުންނާއި ބައްދަލުވި، ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް އެއީ އަމަން ގެއްލި ވައްކަމާއި މާރާމާރީ ގިނަވެ ރަށުތެރެ ނުބެެހެއްޓި ދާކަން"

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ ރަށްތަކުގެ އަމާންކަން ނުބެހެއްޓޭ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތަށް މަޖިލީހުގެ މެމްބަރުންވެސް ފާހަގަކުރައްވަމުން ދާކަމަށެވެ. އަދި ބަހުސުގެ ތެރެއިން އެ މައްސަލައަށް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދުމަށްވެސް ވަނީ އެދިވަޑައިގަންނަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ